ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) އަށް ދިމާވި ކަރަންޓްގެ މައްސަލަ އެއްކޮށް ހައްލުކޮށްފައިވާ ކަމަށާ، ހުރިހާ ސަރަހައްދަކަށް މިހާރު ކަރަންޓު ލިބެމުންދާ ކަމަށް އެ އެއަރޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނެފި އެވެ.
އެމްއޭސީއެލްގެ ކޯޕަރޭޓް ކޮމިއުނިކޭޝަނުން ބުނީ އެއަރޕޯޓުން ކަރަންޓް ކެނޑުނީ ހެނދުނު 11:30 ހާއިރުކަމަށާ، އޭރު އެއަރޕޯޓުގެ ހުރިހާ ސަރަހައްދަކުން ކަރަންޓު ކެނޑުނުކަމަށެވެ.
އެހެންނަަމަވެސް 15 މިނެޓްގެ ތެރޭގައި އެއާޕޯޓްގެ ޑޮމެސްޓިކް ސަރަހައްދަށް ކަރަންޓު ލިބުނު ކަމަށް އެމްއޭސީއެލްއިން ބުނެއެވެ.
އަދި މިހާރު އެއާޕޯޓުގެ ހުރިހާ ސަރަހައްދަކަށް ކަރަންޓު ލިބިފައިވާ ކަމަށް އެމްއޭސީއެލްއިން ބުނެއެވެ.

