ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިފައިންގެ އެލަރޓް “ޔެލޯ2”: ހަތިޔާރާއެކު ސިފައިން ޚަރަކާތްތެރިވާން ފަށައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

މިރޭގެ 7:00 އިން ފެށިގެން ދިވެހިރާއްޖޭގެ ޤައުމީ ދިފާއީ ބާރުގެ އެލާޓް ސްޓޭޓަސް މައްޗަށް ޖައްސާ “ޔެލޯ 2” އަށް ބަދަލުކުރެވޭނެކަމަށް ދިވެހިރާއްޖެ ދިފާއީ ބާރުން އިއުލާނުކޮށްފިއެވެ.

ދިފާއީ ބާރުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ 24 ޑިސެމްބަރު 2019 ވާ އަންގާރަ ދުވަހުގެ 19:00 އިން ފެށިގެން ދިވެހިރާއްޖޭގެ ޤައުމީ ދިފާއީ ބާރުގެ އެލާޓް މައްޗަށް ޖައްސައި “ޔެލޯ 2” އަށް ބަދަލުކުރެވޭނެކަމަށެވެ. އަދި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ސިފައިނަް ހަތިޔާރާއެކު ޚަރަކާތްތެރިވާނެކަމަށްވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

“ޔެލޯ 2” ތަންފީޒުކުރުމުގެ ގޮތުން، ކަނޑުމަތީގެ އެކި އުޅަންދުތައް ހުއްޓުވައި ޗެކްކުރަމުންެ ގެންދެވޭނެކަމަށްވެސް ޤައުމީ ދިފާއީ ބާރުގެ ބަޔާނުގައި ވެއެވެ.

މިކަމަކީ ޤައުމުގެ މަސްލަހަތާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި ކުރެވޭ ކަމެއްކަމަށްވުމާއެކު ރައްޔިތުންގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބޭނެކަން ޔަޤީންކުރައްވާކަމަށް ވެސް ބަޔާނުގައިވެއެވެ. އަދި ދިފާއީ ބާރުގެ ވާޖިބު އަދާކުުމުގައި ދެއްވާ އެހީތެރިކަމާއި، އެއްބާރުލުން ފާހަގަކޮށް ދިފާއީ ބާރުން ވަނީ ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައެވެ.

މި ދުވަސްވަރަކީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނާނެ ދުވަސްވަރަކަށް ވާއިރު، “ޔެލޯ 2″އަށް އެލަރޓް މަތިކުރުމާއި ގުޅިގެން ފަތުރުވެރިން އައުން މަދުވެދާނެކަމަށް ފަތުރުވެރިކަމުގެ ދާއިރާގައި ޚަރަކާތްތެރިވާ ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: