ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންތިޚާބުތައް އެއްކޮށްލުމާ ގުޅޭ ފެންނަ ނުފެންނަ ވޯޓު ހުއްޓުވަން ހައިކޯޓަށް ހުށަހަޅައިފި

އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަދި ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ/ ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށްލުމަށްޓަކައި ގާނޫނުއަސާސީއަށް ގެންނަން ނިންމާފައިވާ ބަދަލާ ގުޅިގެން ނަގާ ފެންނަ ނުފެންނަ ވޯޓު ހުއްޓުވުމަށް އިދިކޮޅު އެމްޑީޕީން ހައިކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅައިފިއެވެ.

މި މައްސަލައަކީ ރައްޔިތުންގެ މަޖިލީހުގެ ދައުރު ކުރުކޮށް، ދެ އިންތިޚާބު އެއް ތާރީޚެއްގައި ބޭއްވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ގުޅިގެން އުފެދިފައިވާ ގާނޫނީ ބަހުސެކެވެ.

އެމްޑީޕީން ހައިކޯޓަށް ހުށަހެޅި މައްސަލާގައި މައިގަނޑު ގޮތެއްގައި އެދިފައިވަނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނެރުއްވި ގަރާރަކީ ގާނޫނުއަސާސީއާއި ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓުގެ ގާނޫނާ ހިލާފު ގަރާރެއް ކަމަށް ކަނޑައަޅައިދިނުމަށެވެ.

އެ ޕާޓީން ބުނާ ގޮތުގައި، ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނެގުމަށް ނެރޭ ގަރާރެއްގައި އޭގެ ބޭނުމާއި ހުއްޖަތް ސާފުކޮށް ބަޔާންކުރަން ޖެހޭނެ ކަމަށް ގާނޫނުގައި އޮތް ނަމަވެސް، ރައީސްގެ ގަރާރުގައި އެ ތަފްސީލުތައް ހިމަނާފައެއް ނުވެއެވެ.

މި މައްސަލައިގެ ތެރެއިން އެމްޑީޕީން ވަނީ ހައިކޯޓުގައި ވަގުތީ އަމުރަކަށް ވެސް އެދިފައެވެ. އެއީ މި މައްސަލައާ މެދު ކޯޓުން ވަކި ގޮތެއް ނިންމުމުގެ ކުރިން، ފެންނަ ނުފެންނަ ވޯޓު ނެގުމުގެ އެންމެހާ މަސައްކަތްތައް މަޑުޖައްސާލުމުގެ އަމުރެކެވެ. ނަމަވެސް، މި މައްސަލަ ބަލައިގަތުމާ މެދު ހައިކޯޓުން އަދި ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ.

ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅައި ފާސްކޮށްފައިވާ އިސްލާހުގައި ވަނީ، މިހާރު ހިނގަމުންދާ 20 ވަނަ މަޖިލީހުގެ ފަސް އަހަރުގެ ދައުރު 1 ޑިސެމްބަރު 2028 އަށް ކުރުކުރުމަށެވެ. ގާނޫނުއަސާސީ މިހާރު އޮތް ގޮތުން މަޖިލީހުގެ ދައުރަށް ބަދަލެއް ގެނެވޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން އެކަމަށް ރުހުން ލިބިގެންނެވެ. މި އިސްލާހު ފާސްވެއްޖެ ނަމަ، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާއި 2029 ވަނަ އަހަރު ބާއްވަން އޮތް މަޖިލިސް އިންތިޚާބު ބާއްވާނީ އެއްކޮށެވެ.

ރައީސުލްޖުމްހޫރިއްޔާ ނެރުއްވި ގަރާރުގައިވާ ގޮތުން، މި ފެންނަ ނުފެންނަ ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބާ އެކުގައެވެ. މިއީ ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށާއި އިންތިޚާބުތަކުގެ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތެއްގެ ދަށުން ކުރާ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: