ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޝްހޫރު ފިލްމު ޑައިރެކްޓަރު އަޙްމަދު ނިމާލް ނިޔާވެއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

ސްޓްރޯކެއް ޖެހިގެން ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް، ދިވެހި ފިލްމީ ދާއިރާގެ މަޝްހޫރު ޑައިރެކްޓަރު އަދި އެކްޓަރު އަޙްމަދު ނިމާލް މިއަދު ހެނދުނުގެ ވަގުތެއްގައި ނިޔާވެއްޖެއެވެ. ނިޔާވިއިރު ނިމާލްގެ އުމުރަކީ 62 އަހަރެވެ.

ނިމާލަށް ސްޓްރޯކެއް ޖެހިގެން އައިޖީއެމްއެޗްގައި ފަރުވާދޭން ފަށާފައިވަނީ މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ 31 ވަނަ ދުވަހުއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާއަށް ސްޓްރޯކް ޖެހުނީ މާލޭގައި ސައިކަލު ދުއްވާފައި ދަނިކޮށެވެ. އެ ވަގުތު ސައިކަލު މަޑުކުރި ތަނާހެން އޭނާ ބިންމައްޗަށް ވެއްޓުނު ކަމަށް މަންޒަރު ދުށް ބައެއް މީހުން މައުލޫމާތު ބުނެއެވެ.

ދިވެހި ފިލްމީ ދާއިރާގައި ފާހަގަކޮށްލެވޭ ފަންނާނެއް ކަމަށްވާ ނިމާލް ފިލްމީ ދާއިރާއަށް ނުކުތީ 1984 ވަނަ އަހަރު އީސާ ޝަރީފުގެ ”ނުފޫޒު“ ފިލްމުން އެކްޓަރެއްގެ ގޮތުގައެވެ. އޭގެ ފަހުން 1993 ވަނަ އަހަރު އޭނާ އަމިއްލައަށް ލިޔެ، ޑައިރެކްޓުކޮށް އަދި އެކްޓުކުރި ”ސިޓީ“ އަކީ ދިވެހި ފިލްމީ ތާރީޚުގައި އާންމުންގެ ބޮޑު މަޤުބޫލުކަމެއް ހޯދި ފިލްމެކެވެ.

ނިމާލް ޑައިރެކްޓު ކުރި އަދި މުހިންމު ރޯލުތައް އަދާކުރި މަޝްހޫރު ފިލްމުތަކުގެ ތެރޭގައި ”ޒަލްޒަލާ“، ”ޔޫސުފް“ އަދި ”ނިއުމާ“ ފަދަ ކާމިޔާބު ފިލްމުތައް ހިމެނެއެވެ. އޭނާ ވަނީ އެތައް އަހަރެއް ވަންދެން ފިލްމީ ދާއިރާގައި ތަފާތު އެކި މަސައްކަތްތަކެއް ކޮށްފައެވެ.

ފިލްމީ ދާއިރާއަށް ނިމާލް ކޮށްދީފައިވާ އަގުހުރި ޚިދުމަތްތަކުގެ އަގުވަޒަންކޮށް، ސަރުކާރުން ވަނީ 1991 ވަނަ އަހަރު އޭނާއަށް ހިތްވަރުދިނުމުގެ ޤައުމީ އިނާމު ދެއްވާފައެވެ. ނިމާލްގެ ވަކިވެދިއުމަކީ ދިވެހި ފިލްމީ އާއިލާއަށް ލިބުނު ފޫނުބެއްދޭނެ ބޮޑު ހިތާމައެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: