ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެމްކޯ ސައިޓު ތެރޭގައި ހިންގި ހާދިސާގައި އަނިޔާވިމީހާ ވެންޓިލޭޓަރުން ނަގައިފި!

ޝެއާރކޮށްލާ ކަހަލަދޯ؟

މިދިޔަ ހަފްތާގެ އާދީއްތަ ދުވަހު ވެމްކޯ ސައިޓު ތެރޭގައި ހިންގި ހާދިސާއެއްގައި ބޮޑެތި އަނިޔާތަކަކާއިއެކު ވެންޓިލޭޓަރަށް ލެވުނު މީހާ، މި މަހުގެ 25 ވަނަ ދުވަހުގެރޭ 21:30 ހާއިރު ވެންޓިލޭޓަރުން ނަގައިފިއެވެ. މި ހާދިސާގައި އަނިޔާވެފައިވަނީ ވެމްކޯގައި ޑްރައިވަރެއްގެ ގޮތުގައި މަސައްކަތް ކުރަމުންދިޔަ މުވައްޒަފަކަށެވެ.

އެ މުވައްޒަފު ވެމްކޯގެ ކުނި އަޅާ ކޮންޓެއިނަރަކަށް ވެއްޓި ހިނގި މި ހާދިސާއާ ގުޅިގެން އޭނާއަށް އައިޖީއެމްއެޗް ހޮސްޕިޓަލްގެ ވެންޓިލޭޓަރުގައި ފަރުވާ ދިނުމަށްފަހު، މިހާރު ވަނީ ސާޖިކަލް އެޗްޑީޔޫއަށް ބަދަލުކޮށްފައެވެ. ވެމްކޯއިން މައުލޫމާތު ދޭ ގޮތުގައި އެ މީހާގެ ހާލު މިހާރު އަންނަނީ ރަނގަޅުވަމުންނެވެ.

ވެމްކޯއިން ބުނި ގޮތުގައި އަނިޔާވި މުވައްޒަފަށް ބޭނުންވާ ހުރިހާ ކަމެއް އާއިލާއާ ގުޅިގެން ކުންފުނިން ދަނީ ކުރަމުންނެވެ. އަދި ކުންފުނީގެ އެޗްއާރް އަދި ވެލްފެއާ ޑިޕާޓްމަންޓުގެ މުވައްޒަފަކު 24 ގަޑިއިރު ހޮސްޕިޓަލުގައި އާއިލާއާއެކު ހަރަކާތްތެރިވަމުންދާ ކަމަށާއި، ބޭސްފަރުވާގެ ހުރިހާ ހަރަދެއް ބަލަހައްޓަމުންދަނީ ކުންފުނިން ކަމަށްވެސް ވެމްކޯއިން މައުލޫމާތުދެއެވެ.

މީގެ ކުރިންވެސް ވެމްކޯގެ މަސައްކަތު މާހައުލުގައި ނުރައްކާތެރި ހާދިސާތަކެއް ހިނގާފައިވެއެވެ. އެގޮތުން މީގެ ދެމަސް ކުރިން ހޮޅިއަކުން ޑީސަލް ދަމަން އުޅުނު މުވައްޒަފަކަށް ޑީސަލް ބޮވި، ފުއްޕާމެޔަށް ޑީސަލް އެޅިގެން އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދީފައިވާކަން ފާހަގަކުރެވެއެވެ.

ވެމްކޯގެ މަސައްކަތު މާހައުލުގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން ގިނަ ކަންބޮޑުވުންތަކެއް ހުރިއިރު، އެ ކުންފުނީގެ މުވައްޒަފުންގެ ރައްކާތެރިކަމާ ގުޅޭގޮތުން ތަހުގީގެއް ހިންގުމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ދާދި ފަހުން ވަނީ ނިންމާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: