ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުރީދޫގެ ކަރާ ފެޅުމުގައި މިއަހަރު ރަތް ލަޝްކަރާއި ނޫ ލަޝްކަރު!

ޝެއާރކޮށްލާ ކަހަލަދޯ؟

ރަމަޟާން މަހަށް ހާއްސަކޮށްގެން އުރީދޫ މޯލްޑިވްސްއިން ތައާރަފު ކުރި، ”ކަރާ ފެޅުން“ ގޭމް މިހާރު ސުޕަރ އެޕް މެދުވެރިކޮށް ކުޅެވޭނެކަަށް އުރީދޫއިން ބުނެފި އެވެ.

މި ގޭމް ފަރުމާކޮށް ފައި ވަނީ ރަހުމަތްތެރިކަމާއި ވާދަވެރިކަމާއި، ޓީމް ވޯކް އަދި ހިތްގައިމު އިނާމުތައް އެކުލެވިގެންވާ ގޮތަށެވެ. ކަސްޓަމަރުން އުރީދޫ ސުޕަރއެޕްގެ ހޯމް ސްކްރީނުން ފެންނަ ކަރާ ގޭމް ބެނާއަށް ފިއްތާލައި، ކޮންމެސް އެއް ޓީމަކަށް ދަވެ (ރަތް ލަޝްކަރު ނުވަތަ ނޫ ލަޝްކަރު) ހޮވައި، ކަރާ ފަޅަން ފަށާށެވެ.

ކޮންމެ ދުވަހެއްގެ ކަރާ ފެޅުމުން އެ ކަރާ ފެޅުމުގައި ބައިވެރިވާ ހުރިހާ ކުޅުންތެރިންނަށް ހަދިޔާ ލިބިގެންދާނެއެވެ.

މީގެ ތެރޭގައި އެކި ކަހަލަ ޑޭޓާ ޕެކުތައް ހިމެނެއެވެ. އަދި މީގެ އިތުރުން ކޮންމެ ދުވަހަކު ކަރާ ފެޅުމުގައި މޮޅުވާ ލަޝްކަރުގެ އެއް ނަސީބުވެރި ކުޅުންތެރިއަކަށް ހާއްސަ އިނާމެއް ލިބިގެންދާނެއެވެ.

މީގެ ތެރޭގައި ފައިސާގެ އިނާމު، ޓީވީ، ކެމެރާ، ޕީއެސް 5 އަދި ހިފާ ގެންގުޅޭ ސާމާނު ހިމެނެއެވެ.

ރަމަޟާން މަސް ނިމުމުން މުޅި ގޭމުން މޮޅުވާ ޓީމުގެ ނަސީބުވެރި އެއް ކުޅުންތެރިއަކަށް ޑްރޯން، ޕޮކެޓް އޮސްމޯ، އައިޕޯނު، ފޯނު، މެކްބުކް އަދި އެންމެ މަތީ ފަންތީގެ ޓެކް އެސެންޝަލް ތަކެތި ހިމެނޭ ގޮތަށް 100،000 ރުފިޔާގެ އަގުހުރި އިނާމު ބަންޑްލްއެއް ލިބޭނެ އެވެ.

ކަރާ ފެޅުން ގޭމް އަކީ ރަމަޟާން ފަދަ ހާއްސަ މުނާސަބަތުތަކުގައި މުޖުތަމައު އެއްބައިވަންތަކަން ގެނެސްދޭ ޑިޖިޓަލް ތަޖުރިބާތައް ފޯރުކޮށްދިނުމަށް އުރީދޫ މޯލްޑިވްސްއިން ކުރަމުން އަންނަ މަސައްކަތެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: