ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގާނޫނުއަސާސީ އެކުލަވާލިއިރު ފޯކަސްހުރީ ރިޔާސީ އިންތިހާބެއް ބޭއްވުމަށް؛ ދެ އިންތިހާބުގެ ތާރީހުތަކަށް ބަހުސެއް ނެތް: ތޯރިގް

އެފްއޭއޭމްގެ ރައީސް އަހުމަދު ތޯރިގް --- ފޮޓޯ| ޕީއެންސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ގާނޫނުއަސާސީ އެކުލަވާލައި އެކަމުގެ މަސައްކަތްތައް ކުރިއިރު، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ދެމެދު އޮންނަ މުއްދަތާއި ދެމެދު މާބޮޑު ބަހުސްތަކެއް ނުހިނގާ ކަމަށާއި، ހަމައެކަނި އޭރު ފޯކަސް އޮތީ ރިޔާސީ އިންތިހާބެއް ބޭއްވުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް ވިދާޅުވެއްޖެއެވެ.

ޕީއެންސީން ބޭއްވި ހާއްސަ ތަރާވީހެއްގައި ތޯރިގް ވިދާޅުވީ ދެ އިންތިހާބު އެއްކޮށްލުމުގެ ވާހަކަ ދައްކާއިރު ގާނޫނުއަސާސީ އެކުލަވާލުމުގެ މަސައްކަތް ކުރި ދުވަސްވަރަށް ޖެހިލަން ޖެހޭ ކަމަށެވެ. ގާނޫނުއަސާސީ އުފެއްދި، ރައްޔިތުންގެ މަޖިލީހާއި ހާއްސަ މަޖިލީހާއި އެއްކޮށް ކުރި މަސައްކަތުގައި އޭރު ހާލަތު އޮތީ ކިހިނެތްތޯ ބަލާ ވިސްނަން ޖެހޭކަމަށް ތޯރިގް ވިދާޅުވިއެވެ.

އޭރު ހާއްސަ މަޖިލީހުން ފާސްކުރާ ކަންކަން ރައީސް އޮފީހުން ބަދަލުވެގެން ދާކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އަދި ހާއްސަ މަޖިލީހުގެ މަސައްކަތް ނިމުނީ އަހަރެއްހާ ދުވަހުން ކަމަށާއި ބާކީ އޮތް ދުވަސްތަކުގައި އޮތީ ޒުވާބުކުރުން ކަމަށް ތޯރިގް ވިދާޅުވިއެވެ.

އޭރު ގާނޫނުއަސާސީގެ މަސައްކަތްތައް ކުރިއަށް ގެންދިޔައިރު އޭރު ވެރިކަމުގައި ތިބި ވަޒީރުންނާއި އަދި ހާއްސަ މަޖިލީހުގެ ބައެއް މެމްބަރުންވެސް ރިޔާސީ އިންތިހާބަށް ވާދަކުރަން ނިންމާފައިވާކަމަށް ތޯރިގް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެހެންކަމުން ހާއްސަ މަޖިލީހުންވެސް ބޭނުންވީ ރިޔާސީ އިންތިހާބު ވީހާވެސް އަވަހަށް ދެފުށް ފެންނަ ގޮތަކަށް ބާއްވަން ކަމަށެވެެ.

”މައިގަނޑު ވިސްނުމަކަށް ގާނޫނުއަސާސީ އުފައްދަމުންދިޔަ އިރުގައި ވިސްނުންތައް ހުރީ ރައީސް މައުމޫނަށް ވާދަ ކުރެވޭނެތޯ ނުވަތަ ނޫންތޯ ބެލުމާއި، އަދި ތިމަންނަ މެންނަށް ރިޔާސީ އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު އޮތްތޯ ނޫންތޯ ބެލުމުގެ ބަހުސްތަކެއް. ނުވަތަ އެވިސްނުމަށް ގެންދިޔައީ ގާނޫނުއަސާސީ އުފައްދަމުން ދިޔަ ދުވަސްވަރު. ވީމާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ރިޔާސީ އިންތިހާބު ބޭއްވުމަށްފަހު، އިންތިގާލީ މަރުހަލާގެ ފެބްރުއަރީ މަސް ތެރޭގައި ބާއްވަން ކަނޑައެޅީ ނުވަތަ އޭގެ ފަހުން އައި ދުވަސްތަކުގައި 6 މަސް ފަހުން މި ބަދަލުވެގެން އައި ކަންކަމާއި ދޭތެރޭގައި މާބޮޑު ބަހުސްތަކެއް ކުރެވިފައެއް ނެތް“

ތޯރިގް ވިދާޅުވީ އޭރު އިންތިގާލީ ކޮމިޓީގެ ބަހުސްތަކާއި ހާއްސަ މަޖިލީހުގެ ބަހުސްތަކަށް ބަލާއިރު ފެންނާނީ ހަމައެކަނި ރާއްޖޭގައި އޮންނަން ފެންނަ ނިޒާމާއި ގުޅޭ ބަހުސްތަކާއި، އަދި ދެ އިންތިހާބު އޮންނަން ޖެހޭ ކަމަށާއި، ދެން ދެކެވުނު ވާހަކައަކީ ރައީސް މައުމޫނަށް ވާދަކުރެވޭނެތޯ ނުވަތަ ނޫންތޯ، އެކަމާއި ގުޅޭގޮތުން ކަމަށެވެ. ތޯރިގް ވިދާޅުވީ އޭރު ހިނގަމުން ދިޔައީ ރިޔާސީ އިންތިހާބުގެ ބަހުސް އެކަނި ކަމަށެވެ.

ތޯރިގް ވިދާޅުވީ އޭރު ގާނޫނުއަސާސީގެ މަސައްކަތްތައް ކުރެވިގެން ދިޔައިރު، ދެ އިންތިހާބާއި ދެމެދު އޮތް ތާރީހުތަކާއި ނުވަތަ މުއްދަތަކާއި ގުޅޭގޮތުން މާ ބޮޑު ބަހުސްތަކެއް ކުރެވިފައި ނުވާ ކަމަށެވެ. މިދިޔަ 17 އަހަރު އެކަން މިދިޔައީ ތަހައްމަލު ކުރަމުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އޭރު ކަންކަން ހިގައިގެން ދިޔަ ގޮތުން ރައީސް ނަޝީދުގެ ވެރިކަމުގައި މަޖިލިސް އިންތިހާބު ބާއްވަން އޮތް ތާރީހަށް ނުބޭއްވި ލަސްވުމުން، މިހާރު އޮތްގޮތަށް 6 މަސްދުވަހުގެ މުއްދަތެއް އެ މެދުތެރޭގައި ދިޔަ ކަން ތޯރިގް ފާހާގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: