ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތާރީޚަކީ އަމިއްލަވަންތަ މިނިވަން ޤައުމެއްގެ ގޮތުގައި ދެމިއޮތުމަށް އޮތް އެންމެ އާރުލާ ސަބަބު: ރައީސް

ރައީސް މުއިއްޒުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތު: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ ޤައުމީ ތާރީޚުގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވަނީ ދިވެހި ތާރީޚުގެ މުހިންމުކަމާ ގުޅޭގޮތުން ޚާއްޞަ މެސެޖެއް ދެއްވާފައެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މާޒީގެ ވާހަކަތަކުގެ އެންމެ ޖުމްލައަކުން، ދިވެހި ކާބަފައިންގެ ޒަމާނުގެ އެންމެ ތަޞްވީރަކުން، ނުވަތަ ފެންނާންހުރި ޤަދީމީ އެންމެ އާޘާރަކުންވެސް އެތައްހާސް ވާހަކައެއް ކިޔައިދޭ ކަމަށެވެ. އަދި އެ ތާރީޚީ ހެކިތަކުން މަގުދައްކަނީ ޙަޔާތުގެ އެތައްއެތައް ޢިބްރަތަކާއި ޙިކްމަތަކަށް ކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް މުޢިއްޒުގެ މެސެޖުގައި އިތުރަށް ބަޔާންކުރައްވާފައިވަނީ، ދިވެހީން މި ވަޠަނުގައި އުޅޭތާ އެތައް ސަތޭކަ އަހަރެއް ވެއްޖެކަން ބުނެދެނީ ދިވެހި ތާރީޚު ކަމަށެވެ. އަދި އަމިއްލަވަންތަ މިނިވަން ޤައުމެއްގެ ގޮތުގައި، އަންނާން އޮތް ޒަމާންތަކުގައި ދިވެހިން ދެމިތިބުމަށް އޮތް އެންމެ އާރުލާ އެއް ސަބަބަކަށް ވާނީވެސް ދިވެހި ތާރީޚު ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ޤައުމީ ތާރީޚުގެ ދުވަސް ފާހަގަކުރާއިރު، ދިވެހި ސަރުކާރުން އަންނަނީ ދިވެހި ތާރީޚާއި ސަގާފަތް ރައްކާތެރިކޮށް، އަންނާން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. މިގޮތުން ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ މެދުވެރިކޮށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި އާޘާރީ ތަންތަން ބެލެހެއްޓުމާއި ތާރީޚީ ހޯދުންތައް ހޯދުމަށް ޚާއްޞަ އިސްކަމެއް ދެއްވައެވެ.

ދިވެހިރާއްޖޭގައި ކޮންމެ އަހަރަކުވެސް ތާރީޚީ ދުވަސް ފާހަގަކުރަނީ ދިވެހި އުންމަތުގެ މާޒީއަށް ބަލައި، އެއިން ޢިބްރަތް ލިބިގަނެ، ޤައުމީވަންތަކަން އާލާކުރުމުގެ މަޤްޞަދުގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: