ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒު އަންނަ އޮކްޓޫބަރު މަހު!

ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ފަންނުވެރިންގެ ހުނަރާއި އުފެއްދުންތެރިކަން ދައްކާލުމަށް ރާއްޖޭގައި ބާއްވާ އެންމެ ބޮޑު މައުރަޒު ކަމަށްވާ ”ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒު“ 2026 ވަނަ އަހަރު ބޭއްވުމަށް ސަރުކާރުން ނިންމައިފިއެވެ.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑުން ހާމަކޮށްފައިވާ ގޮތުގައި، މި މަޢުރަޒު ބޭއްވުމަށް ތާވަލުކޮށްފައިވަނީ 2026 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 23 އިން 31 ގެ ނިޔަލަށެވެ.

މިއީ ރާއްޖޭގެ އިޤްތިޞާދުގައި ހިމެނޭ އެކި ދާއިރާތަކުގެ އުފެއްދުންތެރިކަން ކުރިއަރުވައި، ދިވެހި ފަންނުވެރިންނަށް އެ ފަރާތްތަކުގެ މަސައްކަތްތައް މާކެޓްކުރުމަށް ފުރުޞަތު ހޯދައިދިނުމުގެ މަޤްޞަދުގައި ބާއްވާ ހަރަކާތެކެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނެފައިވާ ގޮތުގައި، މި މަޢުރަޒުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކަށް އެ ފުރުޞަތު ކުރިއަށް އޮތް މާރިޗު މަހުގެ ތެރޭގައި ރަސްމީކޮށް ހުޅުވާލެވޭނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ދިވެހި އުފެއްދުންތަކަށް ބާޒާރު ހޯދައިދިނުމަށާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ދެއްވާ އަހައްމިއްޔަތުކަމުގެ ދަށުން ބާއްވާ މި މަޢުރަޒަކީ ގައުމީ ފެންވަރުގައި ބޭއްވޭ މުހިންމު ހަރަކާތެކެވެ. މި މަޢުރަޒުގެ ސަބަބުން ދިވެހި މަސައްކަތްތެރިންނާއި އުފެއްދުންތެރިންގެ ހުނަރުތައް އެއް ފުރާޅެއްގެ ދަށުން ފެނިގެންދާނެއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: