ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިހުސާންގެ އާއިލާގެ ވީޑިއޯ ނަގައި އާންމު ކުރުމުގެ ތުހުމަތު އަކްރަމްއާއި، ވަހީދަށް؛ މައްސަލަ ބޮޑު ބަހުސަކަށް!

އިހުސާން އާންމު ކުރެއްވި ވީޑިއޯގެ ސްކްރީންޝޮޓްއެއް
ޝެއާރކޮށްލާ ކަހަލަދޯ؟

ހޯމް މިނިސްޓަރު އަލީ އިހުސާންގެ އަނބިކަނބަލުންނާއި ދަރިފުޅުގެ ވީޑިއޯއެއް ނެގި ކަމުގެ ތުހުމަތު، އެމްޑީޕީގެ ސަރުކާރުގައި ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި އަކްރަމް ކަމާލުއްދީނާއި އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާން، އިބްރާހިމް ވަހީދު(އިބުރޭ) ގެ މައްޗަށް ކުރައްވައިފި އެވެ.

އިއްޔެގެ ވަގުތެއްގައި ސޯޝަލް މީޑިއާގައި ބަޔަކު ޕޯސްޓު ކުރި މި ވީޑިއޯއިން ފެންނަނީ މިނިސްޓަރުގެ އަނބިކަނބަލުން ހިނގާފައި ދާއިރު، އޭނާގެ 10 އަހަރުގެ ދަރިފުޅު ކުޑަ ބައިސްކަލެއްގައި ދާ މަންޒަރެވެ. ވީޑިއޯ ނަގާފައިވަނީ މޫނު ނުފެންނަ ގޮތަށެވެ.

ސޯޝަލް މީޑިއާގައި އެފަދަ ޕޯސްޓުތައް އާންމުކޮށް ކުރާ، ކާކުކަން ނޭގޭ އެކައުންޓު އެ ވީޑިއޯ ޕޯސްޓުކޮށް ބުނެފައި ވަނީ، ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށްގެން އިހުސާންގެ އާއިލާއަށް ސެކިއުރިޓީ ދެމުންދާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ހޯމް މިނިސްޓަރު އަލީ އިހުސާން ވަނީ ސީސީޓީވީ ފުޓޭޖެއް އާންމުކުރައްވާފައެވެ. އެ ވީޑިއޯގައި ފެންނަ ގޮތުގައި ވަހީދު މަގުމަތީގައި މަޑުކޮށްގެން ހުރިވަގުތު، ސައިކަލެއްގައި އިތުރު މީހަކު ކައިރީގައި ހުރެ އެވެ. އަދި އެތަނަށް އަކްރަމް އައުމަށް ފަހު ދެ ބޭފުޅުން ވާހަކަދެއްކެވުމަށް ފަހު އިޝާރާތެއް ކުރާތަން ފެނެ އެވެ. އަދި، ވަހީދު އޭނާގެ ފޯނު ނެގުމަށް ފަހު ވީޑިއޯ ކުރަން މަސައްކަތް ކުރުމަށް ފަހު، ފަހުން އަކްރަމް އޭނާގެ ފޯނު ދެ އެވެ. ނަމަވެސް އެ ބޭފުޅުން ވީޑިއޯ ކުރަނީ ސީދާ ކޮން ބައެއްކަން އެ ފޫޓޭޖަކުން ނޭނގެ އެވެ.

މިކަމާ ގުޅިގެން މިނިސްޓަރު އިހުސާން ވިދާޅުވީ، ޑިމޮކްރަސީއާއި އަންހެނުންނާއި ކުޑަކުދިންގެ ހައްގުތަކަށް ވަކާލާތުކުރާ ކަމަށް ހެދިގެން ތިބެ އެ ބޭފުޅުން ހިންގަނީ ”މުޑުދާރު“ އަމަލުތަކެއް ކަމަށެވެ. އަދި އެމްޑީޕީއަކީ އަބަދުވެސް އެފަދަ ދަށު ދަރަޖައިގެ ކަންކަން ކުރާ ޕާޓީއެއްގެ ގޮތުގައި އިހުސާން ސިފަކުރެއްވިއެވެ.

މި މައްސަލައިގައި އާންމުންގެ މެދުގައި ބޮޑު ބަހުސެއް ވަނީ އުފެދިފައެވެ. އެގޮތުން ގިނަ ބަޔަކު ދަނީ ސިޔާސީ ހަސަދަވެރިކަމުގެ ތެރެއަށް އާއިލާއާއި ކުޑަކުދިން ނުވެއްދުމަށް ގޮވާލަމުންނެވެ. ނަމަވެސް، އެމްޑީޕީގެ ބައެއް މެންބަރުން އެކަން ދިފާއުކޮށް ބުނެފައިވަނީ، ވީޑިއޯއިން މޫނު ނުފެންނާތީ އެއީ މައްސަލައެއް ނޫން ކަމަށެވެ.

މީގެއިތުރުން، އިހުސާން އާންމުކުރެއްވި ސީސީޓީވީ ފޫޓޭޖާ މެދުވެސް ބައެއް ފަރާތްތަކުން ވަނީ ސުވާލު އުފައްދާފައެވެ. ބައެއް މީހުން ތުހުމަތުކުރާ ގޮތުގައި މިނިސްޓަރު އެ ވީޑިއޯ ވެސް ހޯއްދެވީ ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްގެންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: