ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޯޓުން އަންގައިގެން ނޫންގޮތަކަށް، ކައުންސިލް އިންތިޚާބުގެ ގުރުއަތުލުން އަލުން ނުބާއްވާނަން: ޝަރީފް

ޝެއާރކޮށްލާ ކަހަލަދޯ؟

ލޯކަލް ކައުންސިލް އިންތިޚާބުގައި އަންހެން ކަނބަލުންނަށް ރިޒާވްކުރާ ދާއިރާތައް ހޮވަން އަލުން ގުރުއަތުލާނީ ކޯޓުން އަމުރުކޮށްގެން ކަމަށާ، އެ ނޫން ގޮތަކަށް އަލުން ގުރުއަތުލުން ނުބާއްވާނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ ސަންގުޓީީގެ ޚަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ. ޝަރީފް ވިދާޅުވީ، ކައުންސިލް އިންތިޚާބުގެ ގުރުއަތުލުމުގައި އީސީން މަކަރު ހަދާފައިވާ ކަމަށް ތުހުމަތު ކުރާކަމަށާ އެކަމުގައި އެއްވެސް އަސާސެއް،ހަގީގަތެއް ނެތް ކަމަށެވެ. ރާއްޖޭގައި އޮންނަ އުސޫލަކީ ކަމެއް ހިތްހަމަ ނުޖެހޭ ގޮތަށް ވެއްޖެ ނަމަ، ނުވަތަ ކާމިޔާބު ނުވެއްޖެ ނަމަ އަބަދުވެސް އިންތިޚާބުގައި މަކަރު ހެދުމުގެ ތުހުމަތު ކުރުން ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ކަނބަލުންނަށް 33 އިންސައްތަ ޚާއްސަކޮށްގެން ކައުންސިލްތަކަށް މީހުން އައްޔަން ކުރަން ނިންމުމުން ކޯޓަށް ދާން ނިންމާފައިވާކަން ފާހަގަކުރައްވާ ޝަރީފް ވިދާޅުވީ، ކޯޓަށް ދާން ޖެހިއްޖެ ނަމަ، އެ މައްސަލައިގައި ޖަވާބުދާރީވާން އީސީން އޮތީ ތައްޔާރަށް ކަމަށެވެ.

” ރާއްޖޭގެ ޓްރެންޑަކީ، އަބަދުވެސް ހިތްހަމަ ނުޖެހޭ މީހާ ޤަބޫލުކުރަނީ މަކަރު ހަދައިފިޔޭ. ދެން އޭނަ ދާން ބޭނުންވާނީ ކޯޓަށް. އެކަން ހިނގަނީ އެހެން. މި ގުރުއަތު ލުމުގެ މައްސަލައިގައިވެސް މީހަކު އަހަނީ ކީއްވެހޭ ކަރުދާހުގަ ހީރަސް ޖެހީ. ދެން އަޅުގަނޑު ހިތަށް އެރީ މިއީ ކީކޭ ބާއޭ މީނާ މި ބުނަނީ. ހިރަސް ޖެހީ ބޮޑު ކަރުދާސްކޮޅަކަށްވީމަ ދޭތެރެއަކުންވެސް ނުފެންނާނެ ގޮތަކަށް. އެކަމަކު މިހިރީ މިކަމުގައިވެސް ވާހަކަ ހުރިގޮތް. އީސީން އޮޅުވާލައިގެން މީގަ ހާސިލްކުރާނެ ކަމެއް ނުވެސް ނެތް. ނުވެސް އޮންނާނެ. އެހެންވީމަ ކޯޓުން ނިންމައިފިއްޔާ އަލުން ގުރުއަތު ނަގާނަން. އެކަމަކާ ޖެހިލުމެއް ނުވޭ.”

ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި، ރަށު ކައުންސިލާއި ސިޓީ ކައުންސިލް ހިމެނޭ ގޮތަށް، އަންހެނުންނަށް 384 ގޮނޑި ހިމަނަން ވަނީ ނިންމާފައެވެ.

އެކަން ހާމަ ކުރައްވާ އިލެކްޝަން ކޮމިޝަނުން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުގައިވާ ގޮތުން، އަންނަ އޭޕްރިލް މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ރަށު ކައުންސިލަރުންގެ ގޮތުގައި 923 މީހުން އިންތިހާބުކުރާނެއެވެ. އަދި ސިޓީ ކައުންސިލަރުންގެ ގޮތުގައި 39 މީހުން އިންތިހާބު ކުރާނެއެވެ. މީގެ އިތުރުން ރަށު ކައުންސިލަށް އިންތިޚާބު ކުރާ ޖުމްލަ އަންހެނުންގެ އަދަދަކީ 372 ކަމަށް ކަނޑައަޅާފައިވެއެވެ. ހަމައެހެންމެ ސިޓީ ކައުންސިލްތަކަށް 12 އަންހެނުން އައްޔަން ކުރަން ނިންމާފައިވެއެވެ.

ކައުންސިލްތަކުގައި އަންހެނުން މިހާ ގިނަ އަދަދަކަށް ހިމެނެނީ، ކައުންސިލްތަކުގެ 33 ޕަސެންޓް އަންހެނުންނަށް ހާއްސަކޮށް، މިމަހުގެ ފަސް ވަނަ ދުވަހު އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު ރައްޔިތުންގެ މަޖިލީހުން ފާސްކުރުމާއި ގުޅިގެންނެވެ. މި ބިލުގައި ބަޔާންކޮށްފައިވާ ގޮތުން، 3000 މީހުންނަށް ވުރެ އާބާދީ ކުޑަ ކަމުގައި ވީ ނަމަވެސް، އެ ރަށަކުން، ރަށު ކައުންސިލަށް 5 މީހުން އިންތިޚާބު ކުރާނެއެވެ. އަދި 3000 ށް ވުރެ މަތީގެ އާބާދީ ހިމެނޭ ރަށްރަށުން 7 މީހުން ކައުންސިލްތަކަށް އިންތިޚާބު ކުރާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: