ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މެދުއިރުމަތީގެ ޤައުމުތަކުގައި ދިރިއުޅޭ ދިވެހިން ސަމާލުވުމަށް އިލްތިމާސްކޮށްފި

ހާރިޖީ ވަޒީރު ޑރ އަބްދުﷲ ހަލީލް: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

މެދުއިރުމަތީގައި ފަށާފައިވާ ހަނގުރާމައާ ގުޅިގެން އެ ސަރަޙައްދުގެ ޤައުމުތަކުގައި ދިރިއުޅޭ އަދި އެކި ބޭނުންތަކަށް ދަތުރުކުރާ ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ދިވެހި ސަރުކާރުން އިލްތިމާސްކުރައްވައިފިއެވެ.

ޚާރިޖީ ވުޒާރާއިން ނެރުނު ނޫސްބަޔާނެއްގައި ބަޔާންކޮށްފައިވަނީ، މެދުއިރުމަތީގެ މަސްރަޙު ނުތަނަވަސްވެ ހަނގުރާމަ ފެށިފައިވާތީ، ޚާއްޞަކޮށް ހަމަލާތައް އަމާޒުވަމުންދާ ޤައުމުތަކުގައި ތިބި ދިވެހިން ބޭރަށް ނިކުމެ އުޅުން ވީހާވެސް މަދުކުރުމަށް އެދޭ ކަމަށެވެ. އަދި އެ ޤައުމުތަކުގެ ސަރުކާރުތަކުން ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން ދެމުންދާ އިރުޝާދުތަކަށް ފުރިހަމައަށް ބޯލެނބުމަށްވެސް އެ ވުޒާރާއިން ވަނީ ނަސޭހަތްތެރިވެފައެވެ.

އެ ސަރަޙައްދުގައި މިވަގުތު ތިބި ދިވެހިންގެ ހާލަތު ޚާރިޖީ ވުޒާރާއާއި މެދުއިރުމަތީގެ ޤައުމުތަކުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީތަކުން ވަރަށް ގާތުން ބަލަމުންދާ ކަމަށްވެސް އެ ވުޒާރާއިން ވިދާޅުވިއެވެ. މިގޮތުން ދިވެހި ރައްޔިތުންގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ސަރުކާރުން ގެންދަވަނީ ކުރައްވަމުންނެވެ.

ޚާރިޖީ ވުޒާރާއިން އިތުރަށް އެދިފައިވަނީ، ބޭނުންވެއްޖެ ހިނދެއްގައި ކޮންސިއުލަރ އެހީތެރިކަން ފޯރުކޮށްދިނުމަށް މަގުފަހިކުރުމުގެ ގޮތުން، އެ ސަރަޙައްދުގައި އުޅޭ ދިވެހިން އެންމެ ކައިރީގައި ހުރި ދިވެހިރާއްޖޭގެ އެމްބަސީއެއްގައި ރަޖިސްޓްރީވުމަށެވެ. މިއީ ކުއްލި ހާލަތްތަކުގައި މުވާސަލާތު ކުރުމަށާއި އެހީތެރިކަން ފޯރުކޮށްދިނުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

މީގެއިތުރުން، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިންވެސް ވަނީ މެދުއިރުމަތީގެ ޤައުމުތަކަށް ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. އެގޮތުން، އެއާޕޯޓަށް ވަޑައިގަތުމުގެ ކުރިން ފަސިންޖަރުން ފުރުމަށް ހަމަޖެހިފައިވާ ފްލައިޓުގެ އެންމެ ފަހުގެ މަޢުލޫމާތު އެއާލައިންގެ ވެބްސައިޓު ނުވަތަ ޓުއަރ އޮޕަރޭޓަރުން މެދުވެރިކޮށް ޔަގީންކުރުމަށް އެމްއޭސީއެލްއިން ވަނީ އެދިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: