ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރވިސް ޗާޖަކީ އެތަނެއްގައި މަސައްކަތްކޮށް ޚިދުމަތްދޭން ތިބޭ މީހުންގެ ޙައްޤެއް: އަލީ ހުސެން

ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެން: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރވިސް ޗާޖަކީ އެތަނެއްގައި މަސައްކަތްކޮށް ޚިދުމަތްދޭން ތިބޭ މީހުންގެ ޙައްޤެއް ކަމަށް ރައްޔިތުންގެ މަޖިލީޙުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެން ވިދާޅުވެއްޖެއެވެ. 

ސާވިސް ޗާޖާއި ބެހޭ ގޮތުން ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު ދެއްކެވި ވާހަކަފުޅާއި ގިނަ ބައެއްގެ ފާޑުކިޔުން އަލީ ވަހީދަށް އަމާޒުވެފައި ވަނިކޮށް އަލީ ހުސެން ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ  ސަރވިސް ޗާޖަކީ އެތަނެއްގައި މަސައްކަތްކޮށް ޚިދުމަތްދޭން ތިބޭ މީހުންގެ ޙައްޤެއް ކަމަށެވެ.

އެގޮތުން އެ މަހެއް ނިމުމުން އެ މަހެއްގެ ސަރވިސް ޗާޖު ލަސްނުކޮށް ލިބެން ޖެހޭނެ ކަމަށާއި ސަރވިސް ޗާޖަށް ލިބޭވަރު މީރާގެ ހިސާބު ތަކުން ކަށަވަރު ކުރެވޭނެ. ގޮތެއް އޮތުމަކީ މަސައްކަތްތެރިންގެ ޙައްޤުގައި ކުރަންޖެހޭ ކަމެއް ކަމަށްވެސް އަލީ ވިދާޅުވިއެވެ.

ވަޒީފާއާ ބެހޭ ގާނޫނުގެ 51 ވަނަ މާއްދާގެ (ހ) ގައި ވާގޮތުން ސާވިސް ޗާޖުގެ ގޮތުގައި ވަޒީފާދޭ ފަރާތަށް ލިބޭ ފައިސާގެ ޖުމްލަ އަދަދުގެ ތެރެއިން އެއް ޕަސެންޓަށްވާ ފައިސާ އިދާރީ ފީއެއްގެ ގޮތުގައި ކެނޑުމަށް ފަހު ބާކީވާ ފައިސާ ހިނގަމުންދާ މަސް ނިމުމުގެ ކުރިން އެފަރާތެއްގެ މުވައްޒަފުންނަށް ބަހައި ނިންމަންޖެހޭނެ އެވެ.

ރިސޯޓުތަކުގެ މުވައްޒަފުންނަށް ސާވިސް ޗާޖު ނުދޭ ކަމުގެ ޝަކުވާއަކީ ބޮޑު ޝަކުވާ އެކެވެ. އެގޮތުން މިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ވެސް އަދި ރައްޔިތުންގެ މަޖިލިސް ކެމްޕެއިނުގައި ވެސް ރިސޯޓުތަކުގެ މުވައްޒަފުން ހުށަހެޅި އެންމެ ބޮޑު އެއް ޝަކުވާ އަކީ އެއީއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: