ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލެ ފުރެން އަދި ކައިރިވެސް ނުވޭ: މަލީހު

މުހައްމަދު މަލީހު ޖަމާލް: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ފުރެން އަދި ކައިރިވެސް ނުވާ ކަމަށް ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިގަދައިން ވިދާޅުވެފައި މިވަނީ މާލޭގެ ކުލީގެ މައްސަލަ ހައްލު ކުރަން ޖެހޭ ކަމަށް ބުނެ ގިނަ ރައްޔިތުން އެކަމަށް އަޑުއުފުލަމުންދާ ދަނޑިވަޅެއްގައެވެ. 

މަލީހު ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ މާލެއަކީ މިހާރު ހުޅިމާލޭގެ ބައެއް ކަމަށެވެ. އަދި ކުރިއަށް ތަނުގައި ވިލިމާލެއާއި ގުޅީފަޅާއި ތިލަފުށި ގުޅުވާލުމުން މާލެ ބޮޑު ޝަހަރަކަށް ބަދަލުވެގެންދާނެ ކަމަށެވެ. 

އެގޮތުން މިނިސްޓަރ މަލީހު ވިދާޅުވީ މާލެއާއި ވިލި،ާލެއާއި ގުޅީފަޅާއި އަދި ތަލަފުށި ގުޅުވާލުމަށް ފަހު އެތައް ވައްތަރެއްގެ ހައުސިން މަޝްރޫޢުތަކާއި އާންމު ދަތުރުފަތުރުގެ ނިޒާމްތަކުގެ އިތުރުން ޒަމާނީ އެތައް ވަސީލަތްތަކަކާއި ހުދުމަތްތަކެއް ގާއިމް ކުރެވިގެންދާނެ ކަމަށެވެ. އެހެން ކަމުން އަދި މާލެ ފުރެން ކައިރިވެސް ނުވާ ކަމަށް މަލީހު ވިދާޅުވިއެވެ. 

https://twitter.com/maleehjamal/status/1210876244532715520?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1210876244532715520&ref_url=https%3A%2F%2Fwww.addulive.com%2F171517

މަލީހު މިހެން ވިދާޅުވިއިރު މިސަރުކާރުގެ އަމާޒަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފަސް އަހަރު ދުވަސް ނިމިގެންދާއިރު މާލެއަށް އެންމެން ޖަމާވުން ނިމުމަކަށް ގެނައުމަށް ކަމަށް އިކޮނޮމިކް މިިނިސްޓަރ ފައްޔާޒް އިސްމާއިލް މީގެކުރިން ވަނީ ވިދާޅުވެފައެވެ.

އެގޮތުން މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ހަތަރު އިގްތިސާދީ ހަބް ތައްޔާރުކުރުމަކީ އިކޮނޮމިކް މިނިސްޓްރީއާ ހަވާލުކުރެވިފައިވާ ޒިންމާއެއް ކަމަށާއި އެގޮތުން އިގްތިސާދީ ހަބެއްގެ ގޮތުގައި ތަރައްގީ ކުރަން ސަރުކާރުން އެންމެ ފުރަތަމަ ކަނޑައެޅި އަތޮޅަކީ އައްޑޫ ސިޓީ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: