ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލެއަށް މީޙުން ބަދަލު ނުވާނީ ރަށްރްށުގައި ހިދުމަތްތައް ގާއިމް ކޮށްގެން: އާދަމް ޝަރީފް އުމަރު

މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ސިޓީގައި ތޮއްޖެހުން ކުޑަކޮށް މާލެއަސް މީހުން ބަދަލުވުން ހުއްޓުވޭނީ މާލެއާއި އެއްފެންވަރަކަށް ރާއްޖޭގެ ހުރިހައި ރަށެއްގައި ހިދުމަތްތައް ގާއިމް ކޮށްގެން މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

މާލޭގެ ކުލި ކޮންޓްރޯލް ކުރުމާއި ބެހޭ ގޮތުން ގިނަ ވާހަތަކަެއް ދައްކަމުންދާ ދަނޑިވަލެއްގައި އާދަމް ޝަރީފް ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ މާލެއާއި އެއްފެންވަރެއްގައި ހަމަހަމަ އުސޫލުހުން ހުރިހައި ހިދުމަތެއް ރާއްޖޭގައި ހުރިހައި ރަށެއްގައި ގާއިމް ކުރުމަކީ 200 މާލެ އުފެއްދުން ކަމަށާއި އެކަން ކުރެއްވިއްޖެނަމަ ހައްލު އަންނާނެ ކަމަށެވެ. ނަމަވެސް އެއީ ކުރެވިދާނެ ކަމެއްތޯ އާދަމް ޝަރީފް ވަނީ ސުވާލު އުފައްދަވާފައެވެ.

އާދަމް ޝަރީފް ވިދާޅުވީ ދިވެހިންނަށް ކޮންމެ މީހަކަށް ވެސް އެ މީހަކު ބޭނުންވާ ގޮތް އިޙްތިޔާރު ކުރުމުގެ ފުރސަތު އެބައޮތް ކަމަށާއި އެގޮތުން ރާއްޖޭގެ ރީތި އަރާމް ރަށްތަކުގައި ހިތްހަމަ ޖެހިގެން ދިރިއުޅުން ހޭދަ ކުރާނީ ނުވަތަ މާލޭގައި ގަނަތެޅޭނީތޯ އެއީ އަމިއްލައަށް ނިންމަން ޖެހޭ ކަމެއް ކަމަށެވެ.

މާލޭގެ ކުލި ކޮމްޓްރޯލް ކުރުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ހުށަހެޅުމަސް ތައްޔާރުވަމުންދާއިރު ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީއަށް ނިސްބަތްވާ ގިނަ މެމްބަތުން ބުނަމުން ދަނީ މާލޭގެ ކުލި ކޮމްޓްރޯލް . ކުރުމަކީ ސަރުކާރަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެއީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް ވެސް ގިނަ މެމްބަރުން ދަނީ ވިދާޅުވަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: