ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީން ހުށައަޅާފައި އޮތް މައްސަލައަށް ތަދައްހުލުވާން ނިންމާފައެއް ނުވޭ: ފަލާހު

ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު -- ފޮޓޯ | ޕީއެންސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ދެ އިންތިހާބު އެކުއެކީގައި ބޭއްވުމާއި ގުޅިގެން އެމްޑީޕީން ހައިކޯޓަށް ހުށައެޅި މައްސަލަ ބަލައިގަނެ ކުރިއަށް ދިޔަސް، އެ މައްސަލައަށް ތަދައްހުލުވާން ނިންމާފައިނުވާ ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.

ޕީއެންސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފަލާހު ވިދާޅުވީ، ދެ އިންތިހާބު އެކުއެކީގައި ބޭއްވުމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުން ފަތުރަމުންދަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ. އެއީ ރައްޔިތުންނާ ބައްދަލުކުރަން ޖެހިލުންވާތީ ދައްކާ ބަހަނާތަކެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމުގެ ދައުރު ދިގުދަންމާލުމަށް މަސައްކަތް ކުރާ ކަމަށް ބުނެ ކުރާ ތުހުމަތުތަކަށް ރައްދު ދެއްވައި ފަލާހު ވިދާޅުވީ، ރައީސް ޑރ. މުއިއްޒަކީ ރައްޔިތުންނާ ގާތުން މަސައްކަތްކުރައްވާ ވެރިއެއް ކަމަށެވެ.

ފަލާހު ވިދާޅުވީ ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި ދެ ފަހަރެއްގެ މަތިން ރާއްޖޭގެ ހުރިހާ ރައްޔިތުންނާ އެމަނިކުފާނު ބައްދަލުކުރައްވާފައިވާ ކަމަށެވެ.

ފަލާހު ވިދާޅުވީ، މީގެ ކުރިން އެމްޑީޕީގެ އިސްވެރިން އިންތިހާބުތައް އެއްކޮށް ބޭއްވުމަށް ތާއިދުކުރައްވާފައިވާ ކަމަށެވެ. އެގޮތުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތިން އިންތިހާބު އެއްކޮށް ބޭއްވުމަށް ތާއިދުކޮށް ވާހަކަ ދެއްކެވިއިރު، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ދެ އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވައި ސަރުކާރުގެ ނިންމުމަށް މަރުހަބާ ކީކަން ފަލާހު ފާހަގަކުރެއްވިއެވެ. އެހެންކަމުން، ކުރިން އެކަމަށް ތާއިދުކުރި ބޭފުޅުން މިއަދު އެ ވިސްނުމަށް ދެކޮޅު ހައްދަވަނީ ކީއްވެގެންތޯ ފަލާހު ސުވާލު އުފެއްދެވިއެވެ.

”އިދިކޮޅު ފަރާތްތަކުން ޕްރެސްއެއް ބާއްވަންޏާ ސުވާލު ކުރައްވާ، އިހައްދުވަހު އެބޭފުޅުންގެ ވެރިން އިންތިހާބުތައް އެއްކޮށްލަން ތާއިދު ކުރައްވާފައި، މިހާރު އެއްކޮށް ބާއްވަން ތާއިދު ނުކުރަނީ ކީއްވެގެންތޯ. އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވެފައި އޮތީ ތިން އިންތިހާބު އެއްކޮށް ބާއްވަން ތިމަންނައަށް ފެނިވަޑައިގަންނަވައޭ. ދާދި ފަހުން ރައީސް ނަޝީދުވެސް ޓްވީޓު ކުރައްވާފަ އޮންނާނެ، އަދިވެސް ފެންނާނެ އެމަނިކުފާނު ތާއިދު ކުރަމޭ ދެ އިންިތހާބު އެއްކޮށް ބާއްވަން“

ރައީސް މުއިއްޒު ކުރައްވާ ދަތުރުފުޅުތަކަކީ އިންތިހާބާ ދިމާކޮށް ކުރައްވާ ދަތުރުފުޅުތަކެއް ނޫންކަމަށާއި، ދައުރު ދަންމާލާ ވާހަކައަކީ ކަނޑައެޅިގެން ދޮގެއްކަމަށް ފަލާހު ވިދާޅުވިއެވެ. އަދި ވިދާޅުވީ އެމްޑީޕީގެ ހަމައެކަނި މައްސަލައަކީ މަޖިލީހުގެ ދައުރުން ހަ މަސްދުވަސް އުނިވެ، އެމްޑީޕީގެ މެމްބަރުންނަށް އެ މުއްދަތުގެ މުސާރަ ގެއްލުން ކަމަށެވެ.

ފަލާހު ވިދާޅުވީ 20 ވަނަ މަޖިލީހުގައި ސަރުކާރު ޖަވާބުދާރީ ކުރާ މަންޒަރު ފެންނާނެ ކަމަށާއި، ކެބިނެޓުގެ ވަޒީރުންނާއި އަދި އެކި ކުންފުނީގެ ވެރިންނަށްވެސް ސުވާލުތައް ކުރާ ކަމަށެވެ. އިންތިހާބުތައް އަވަސް އަވަހަށް ބޭއްވުމަކީ ރައްޔިތުންނަށް ކޮށްދޭން ހުންނަ ކަމަށް ބުރޫ އަރާއ ވަގުތުތައް ގެއްލޭ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: