ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެއިން ޢުމްރާއަށްދާ ފަރާތްތަކުން ސަމާލުވުމަށް އަންގައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

މެދުއިރުމަތީގައި ފަށައިފާވާ ހަނގުރާމައާއި ގުޅިގެން ދިވެހިރާއްޖެއިން ޢުމްރާއަށްދާ ފަރާތްތަކުން އަދި ޢުމްރާގެ އަޅުކަން އަދާކުރުމަށް މައްކާއަށް މިހާރު ގޮސްފައިވާ ފަރާތްތަކުން ދަތުރުފަތުރުގެ އެންމެހާ ކަންކަމުގައި އިތުރަށް ސަމާލުވެ ތިއްބެވުމަށް އިސްލާމިކް މިނިސްޓްރީއިން އިލްތިމާސްކޮށްފިއެވެ.

މައްކާގައި ތިބި އުމްރާވެރީންގެ ކަންކަން އިސްލާމިކް މިނިސްޓްރީއިން ވަރަށް ގާތުން ބަލަމުންދާ ކަމަށް އެމިނިސްޓްރީއިން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

އަދި އުމްރާވެރީންނަށް ހާއްސަކޮށްގެން މައުލޫމާތު ފޯރުކޮށްދިނުމަށް ޓަކައި ހޮޓްލައިން ނަންބަރެއް ވުޒާރާގައި ގާއިމްކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށްވެސް އެބަޔާނުގައި ވެއެވެ.

މީގެ އިތުރުން ހާއްސަ ކަމެއް މެދުވެރިވެއްޖެ ހާލަތެއްގައި ސައުދީ ޢަރަބިއްޔާގެ ރިޔާޒުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ހޮޓްލައިން ނަންބަރު 966506894477+ އާއި ސައުދީ ޢަރަބިއްޔާގެ ޖިއްދާގައި ގާއިމުކޮށްފައިވާ ދިވެހިރާއްޖޭގެ ކޮންސިއުލޭޓުގެ ހޮޓްލައިން ނަންބަރު 966530838329+ އަށް ވީ އެންމެ އަވަހަކަށް އެންގުމަށް ވުޒާރާއިން ވަނީ އެދިފައެވެ.

މީގެ އިތުރުން އުމްރާ ދަތުރުތަކުގެ އެންމެ ފަހުގެ މައުލޫމާތު ހޯދުމާއެކު ކަމާގުޅުންހުރި ރަސްމީ ފަރާތްތަކުންނާއި ސަޢުދީ ޢަރަބިއްޔާގެ ސަރުކާރުން ފޯރުކޮށްދޭ އިރުޝާދުތަކާއި އެންގުންތަކަށް ޢުމްރާއަށްދާ އެންމެހާ ފަރާތްތަކުން ސަމާލުކަން ދިނުމަށްވެސް ވަނީ އިލްތިމާސް ކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: