އަދުގެ ޒުވާނުންނަށް ސްމާޓްފޯނާއި ނުލާ ދިރިއުޅުމަކީ އުނދަގޫކަމެކެވެ. ރައްޓެހިންގެ އިތުރުން މުނިފޫހިފިލުވުމަށްޓަކާއި ފޯނުގެ ބޭނުން ޒުވާނުންދަނީ ކޮންމެ ދުވަހަކުވެސް ހިފަމުންނެވެ. މިކަމުގެ ސަބަބުން ސްކްރީން ޓައިމް އިތުރުވެ އެތަކެއް ނުރަނގަޅު އަސަރުތަކެއް ނަފްސާނީ ދުޅަހެޔޮކަމަށާއި ނިންޖައް ކުރެއެވެ.
ޗެލެންޖް ވަރަށް ސިންޕަލް: 24 ގަޑިއިރު ފޯނާ ނުލާ ކެއްވާނެ؟
އެކި ދިރާސާތަކުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި އެވެރެޖް ގޮތެއްގައި ޒުވާނުން ދުވާލެއްގެ މައްޗަށް 6 ގަޑިއިރާއި 7 ގަޑިއިރު ފޯނު ބޭނުންކުރެއެވެ. އުމުރުން 16 އަހަރާއި 24 އަހަރާއި ދެމެދުގެ ޒުވާނުން ދުވާލެއްގެ މައްޗަށް 7 ގަޑިއިރަށްވުރެ އިތުރަށް ބޭނުންކުރަމުންދާއިރު އެވްރެޖްގޮތެއްގައި 08 ގަޑިއިރު ސޯޝަލް މީޑިއާ ނުވަތަ މުނިފޫހިފިލުވުމުގެ މަންސަތަކުގައި ޒުވާނުން ވަގުތު ހޭދަކުރާކަން މި ދިރާސާތަކުން ހާމަކުރެއެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކޮށްފައިވާ ދިރާސާތަކުން ދައްކާ ގޮތުގައި އެކްސެސިވް ސްކްރީން ޓައިމް، އެންޒައިޓީ، އަދި ސްލީޕް ޑިޕްރައިވޭޝަން އިތުރުވެ، ހެލިފެލިވެ އުޅުން މަދުވުމުގެ މައިގަނޑު އެއްސަބަބަކީ ޒުވާނުން ފޯނަށް ދެވިހިފައިފައިވުން ކަން ފާހަގަކޮށްފައިވެއެވެ.
ނަފްސާނީ ދުޅަހެޔޮކަމަށް ކުރާ އަސަރުތައް:
- ކަންކަމަށް ފޯކަސް ނުކުރެވުން
- ސްޓްރެސް އަދި އެންޒައިޓީ
- ފިއަރ އޮފް މިސިންގް އައުޓް (ފޯމޯ)
- ޑިޕްރެޝަން
ނިންޖަށް ކުރާ އަސަރު:
ލޭޓް ނައިޓް ސްކްރޯލިން ނުވަތަ ”ޑޫމް ސްކްރޯލިންގ“ އަކީ ނިދި ގެއްލުވާލަން މަގުފަހި ކުރުވާ މައިގަނޑު އެއްކަމެވެ. ފޯނުން އެޅޭ ބްލޫ ލައިޓްގެ ސަބަބުން މެލެޓޮނިން ސަޕްރެސްކޮށް ނިދި ގެއްލިގެންދެއެވެ. މިކަމުގެ ސަބަބުން ރޭގަނޑުގެ އަރާމު ނުލިބި ރަނގަޅަށް ނިދި ހަމަނުވެ ވަރުބަލި ކަންމަތީ ދެން އޮތް ދުވަސް ފަށަން ޖެހުމަކީ އާންމުކޮށް މިހާރުގެ ޒުވާނުން ކުރާކަމެކެވެ.
24 ގަޑިއިރުގެ ޑިޓޮކްސްއިން ވަނީ ކޮން ކަމެއް؟
ފުރަތަމަ 4 ވަރަކަށް ގަޑިއިރުތެރޭގައި އުނދަގޫ އިހުސާސްތަކެއް ކުރެވިގެންދާނެއެވެ. އޭގެތެރޭގައި:
- ފޯނާއި ކުޅޭ ހިތްވުން
- ފޯނަށް ލިބިފައި ހުރި މެސެޖުތައް ބަލާ ހިތްވުން
- ފޫހިވުން
- ވަރުބަލިވުން
އެ ވަގުތުކޮޅަށް ފަހު އެ މީހެއްގެ ވިސްނުން ބަދަލުވެ ތާޒާ ސިކުނޑިއަކާއެކު ކަންކަމާ ވިސްނައި، ފޯކަސް ރޭޓު މަތިވެ، ރަނގަޅު ނިދި ލިބި، ގޭތެރޭގައި ހިނގާ ކަންތައްތަކުގައި ބޮޑަށް ބައިވެރިވެވި، ސްޓްރެސް އަދި އެންޒައިޓީ ދައްވެގެންދެއެވެ.
އެކަމަކު 24 ގަޑިއިރަށް ފޯނާއި ދުރަށް ޖެހުން މިއީ ރިއަލިސްޓިކް ކަމެއް ބާ؟
ކިޔަވާ ކުދިން، ކޮލެޖް ޔުނިވަރސިޓީގައި ތައުލީމު ހާސިލްކުރަމުންދާ ޒުވާނުން އަދި ފްރީލާންސަރުން ފަދަ ޒުވާނުންނަށް މިކަން ކުރުމަކީ އުނދަގޫ ކަމަކަށްވާނެއެވެ. އެއީ ކިޔެވުމަށް ބޭނުންވާ މެޓީރިއަލް ތަކާއި ގުރޫޕް މަސައްކަތްތަކުގެ ވާހަކަތަކާއި، ކަސްޓަމަރުން ނުވަތަ ކްލައެންޓުންނާއެކު ދެކެވިފައިވާ ވާހަކަތަކާއި މެސެޖުތައް ފޯނުގައި ހުރުމުގެ ސަބަބުންނެވެ.
”ޑީޓޮކްސް“ ގެ މާނައަކީ މުޅިއެކުން ގެއްލުމެއް ނޫން. ޑީޓޮކްސް ކުރުމަކީ:
- މުހިންމު ނޫން ނޮޓިފިކޭޝަންތައް އޮފްކުރުން
- ކާއިރު ފޯނު ބޭނުން ކުރުން ހުއްޓާލުން
- ސްކްރީން ޓައިމްއެއް ކަނޑައެޅުން
- ”ޑޫމް ސްކްރޯލިން“ ނިދުމުގެ ކުރިން ހުއްޓާލުން
މި ޗެލެންޖުގެ ގޯލަކީ ޓެކްނޮލޮޖީއާއި ދުރުވުމެއް ނޫނެވެ. ޓެކްނޮލޮޖީ އަހަރެމެންގެ އެޓެންޝަން ކޮންޓްރޯލް ކުރުން ހުއްޓާލުމެވެ.
ވިސްނާލަން ޖެހޭ އަސްލު ސުވާލަކީ ޒުވާނުންނަށް 24 ގަޑިއިރު ފޯނާއި ނުލާ ދިރިއުޅެވޭނެތޯ އެއްނޫނެވެ. ޒުވާނުންނަށް ފޯނާއި އިރުކޮޅަކަށް ދުރަށްޖެހިލައި ސިކުނޑި ތާޒާކުރެވޭނެތޯއެވެ؟

