ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިހާތަނަށް ރަޖިސްޓްރީވީ 20،000 ބިދޭސީން- ފައްޔާޒު

އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ---- ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ގަވައިދާ ޚިލާފަ އުޅޭ ބިދޭސީން ރެގިއުލަރައިޒް ކުރުމުގެ ޕްރޮގްރާމްގެ ތެރެއިން މިހާތަނަށް 20،000 ބިދޭސީން ރެޖިސްޓްރީކޮށްފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެއެވެ.

ބިދޭސީން ގާނޫނީ އިމުގެ ތެރެއަށް ވެއްދުމުގެ ޕްރޮގްރާމް މިހާރު މެދުކެނޑިފައިވާއިރު ބިދޭސީން ގަވައިދަށް ފައްތަން ރަޖިސްޓަރީވާން ހުޅުވާލި ޕްރޮގްރާމްގެ ދަށުން މިހާތަނަށް ރަޖިސްޓާކޮށްފައި ވަނީ 2000 ބިދޭސީން ކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

އެކަމާއި ގުޅިގެން މިނިސްޓަރ ފައްޔާޒު ވިދާޅުވީ ދޮގު ހަބަރު ރިޕޯޓު ކުރުމަކީ މަސައްކަތަށް ނުރަނގަޅު އަސަރު ފޯރާނެ ކަމެއް ކަމަށާއި ފަހުން ހަބަރު ބަދަލުކުރިނަމަވެސް އެކަމުން އެތަށް ގެއްލުމެއް ލިބޭނެ ކަމަށެވެ. މިނިސްޓަރ ވަނީ މައުލޫމާތު އޮޅޭ ގޮތަށް ދޮގު ހަބަރު ނުފެރުމަށް އިލްތިމާސްކޮށްފައެެވެ.

ގަވައިދާ ޚިލާފަ ރާއްޖޭގައި މިޙާރު 3 ލައްކައެއްހާ ބިދޭސީން އުޅޭކަމަށް މައުލޫމަތުލިބެއެވެ. އެ ބިދޭސީން ހޯދާ ގާނޫނީ އިމުގެ ތެރެއަށް ވެއްދުމަކީ މިނިސްޓަރ ފައްޔާޒުގެ ވައުދެކެވެ. އެވައުދު އަހަރެއް ތެރޭގައި ނުފުއްދިއްޖެނަމަ މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް ވިދާޅުވެ މިނިސްޓަރ ފައްޔާޒު ވަނީ ނޫސްވެރިންގެ ބައްދަލުވުމެއްގައި ޗެލެންޖުކޮށްފައެވެ.

ސަރުކާރުން ހުޅުވާލި ފުރުސަތުގައި އެތަށް ހާސް ބިދޭސީންނެއް ވަނީ މި ޕްރޮގްރާމްގައި ބައިވެރިވެފައެވެ. އަދި ދެ ދުވަހެއްގެ މަތިން ގަލޮޅު ދަނޑުގައި އެޕޮއިންތްމަންޓް އުސޫލުން ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލިއެވެ. މިހާރު އެ ޕްރޮގްރާމް ހުއްޓިފައިވާއިރު، އަލުން ޕްރޮގްރާމް ބާއްވާނެ ތާރީހެއް އިއުލާނު ކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީއިން މައުލޫމާތުދެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: