ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

217 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހަ ރަށެއްގެ ބަނދަރު ހަދަނީ!

ބަނދަރު ހެދުމުގެ މަޝްރޫޢު ހަވާލުކުރުމުގެ ރަސްމިއްޔާތު ----
ޝެއާރކޮށްލާ ކަހަލަދޯ؟

މިލިއަން ރުފިޔާ ހަރަދުކޮށްގެން ހަރަށެއްގެ ބަނދަރުގެ މަސައްކަތް ކުރަން މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗަރ އިން ބަޔަކާއި ހާވަލުކޮށްފިއެވެ.

ޕްލޭނިންގް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި 6 ރަށުގެ ބަނދަރުގެ މަޝްރޫޢު ހަވާލުކޮށްފައިވަނީ އެމްޓީސީސީގެ އިތުރުން ހެވީ ފޯސް ޕްރައިވެޓް ލިމިޓެޑާއެވެ. އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތިމަތް ޝާނާ ފާރޫގްއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ ކުންފުނީގެ ސީއީއޯ ޝާހިދު ހުސެއިން މޫސާއެވެ. ހެވީ ފޯސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޒަމީރުއެވެ.

މަޝްރޫއުތަކުގެ ތަފްސީލް ތިރީގައި އެވަނީއެވެ:،

 

ހަންޏާމީދޫ ހާބަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް:

ހަންޏާމީދޫ ހާބަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓިސީސީއާއިއެވެ. މި މަޝްރޫއަށް ޖުމްލަ ހަރަދު ކުރުމަށް ހަމަޖެހިފައި ވަނީ 32 މިލިއަން ރުފިޔާއެވެ. މި މަސައްކަތް ނިންމުމަށް ހަވާލުކޮށްފައި ވަނީ 300 ދުވަހުގެ ތެރޭގައެވެ.މި މަޝްރޫގެ ދަށުން 204 މީޓަރުގެ ބޮޑުހިލައިގެ ތޮއްޓަކާއި، 266 މީޓަރުގެ އެއްގަމު ތޮއްޓަކާއި، ދެ ނެރުބައްތިއާއި، 14 ބަނދަރު ބައްތިއާއި، 1330 މީޓަރުގެ ޕޭމަންޓަކާއި، 12 މޫރިންގ ބޮލޮކާއި، 4645 ކިއުބިކް މީޓަރަށް ބަނދަރު ފުންކުރުމާއި، 404 ކިއުބިކް މީޓަރަށް ނެރު ފުންކުރުމުގެ އިތުރުން 160 މީޓަރުގެ ރިވެޓުމެންޓެއް ޖެހުމަށް ވަނީ ހަމަޖެހިފައެވެ.

 

ރ. ރަސްގަތީމުގެ ޖެޓީ އަދި ބަނދަރުގެ މަސައްކަތް:

ރ. ރަސްގަތީމުގެ ޖެޓީ އަދި ބަނދަރުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ހެވީ ފޯސް ޕްރައިވެޓް ލިމިޓެޑާއެވެ. މި މަސައްކަތް މަސައްކަތް ޑިޒައިން އަދި ބިލްޑް އުސޫލުން ކުރިއަށް ގެންދިއުމަށް ހަވާލުކޮށްފައި ވަނީ، ހެވީ ފޯސް ޕްރައިވެޓް ލިމިޓެޑާއެވެ. މި މަޝްރޫ ހަވާލުކޮށްފައި ވަނީ 50 މިލިއަން ރުފިޔާ އަށެވެ. މި މަޝްރޫގެ އަމަލީ މަސައްކަތް ނިންމުމަށް ހަވާލުކޮށްފައި ވަނީ 420 ދުވަހުގެ މުއްދަތުގެ ތެރޭގައެވެ. މި މަޝްރޫގެ ދަށުން ކުރުމަށް ހަވާލުކޮށްފައި ވާ މައިގަނޑު މަސައްކަތަކީ 359 މީޓަރުގެ ބިޮޑު ހިލައިގެ ތޮއްޓެއް ލުމާއި، 125 މީޓަރަށް ގްރޮއިން ޖެހުމާއި، 140 މީޓަރަށް ރިވެޓުމެންޓް ޖެހުމާއި، ދެ ނެވިގޭޝަން ލައިޓު ޖެހުމާއި، ބަނދަރު އަދި ނެރު ފުންކުރުމާއި، 227 މީޓަރުގެ އެލް ބްލޮކު އެއްގަމު ތޮށި ޖެހުމާއި، 10 މޫރިން ބްލޮކު ޖެހުމާއި، އެއް ރޭމްޕު ހެދުމާއި، 14 މަގުބައްތި ހަރުކުރުމުގެ އިތުރުން އެއްގަމު ތޮށީގެ ވަށައިގެން 1360 މީޓަރުގެ ޕޭމަންޓެއް އެޅުން އަދި ޖެޓީ ހެދުމަށެވެ.

 

ށ. ފޯކައިދޫ ބަނދަރުގެ މަސައްކަތް:

ށ. ފޯކައިދޫ ބަނދަރުގެ މަސައްކަތް ހަވާލުކުރީ އެމްޓީސީސީއާއެވެ. އެ މަޝްރޫ ހަވާލުކޮށްފައި ވަނީ 59 މިލިއަން ރުފިޔާ އަށެވެ. މި މަޝްރޫގެ މަސައްކަތް ނިންމުމަށް ހަމަޖެހިފައި ވަނީ 500 ދުވަހުގެ ތެރޭގައެވެ. މި މަޝްރޫގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި، 507 މީޓަރުގެ ބޮޑު ހިލައިގެ ބޭރު ތޮއްޓެއް ލުމާއި، 464 މީޓަރުގެ އެއްގަމު ތޮއްޓެއްލުމާއި، ދެ ނެރުބައްތި ހަރުކުރުމާއި، 24 ބަނދަރު ބައްތރި ހަރުކުރުމާއި، 2320 ސްކެއާ މީޓަރުގެ ޕޭމަންޓެއް ގާއިމްކުރުމާއި، 12 މޫރިން ބޮލޮކު ހަރުކުރުމާއި، 39،995 ކިއުބިކް މީޓަރަށް ބަނދަރު ފުންކުރުމާއި، 4000 ކިއުބިކް މީޓަރަށް ނެރު ފުން ކުރުމުގެ އިތުރުން 100 ރިވެޓްމަންޓު ޖެހުން ހިމެނެއެވެ.

 

ކ. ހިންމަފުށީ ބަނދަރުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް:

ކ. ހިންމަފުށީ ބަނދަރުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ. އެމަސައްކަތް ނިންމުމަށް ހަވާލުކޮށްފައި ވަނީ އެއްް އަހަރު ދުވަހުގެ ތެރޭގައެވެ. މި މަޝްރޫގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވާ މައިގަނޑު މަސައްކަތް ތަކަކީ، 38 މީޓަރުގެ ބޮޑު ހިލަ ބޭރުތޮއްޓަކާއި، 17 މީޓަރުގެ އެއްގަމު ތޮއްޓާއި، ހަތަރު ނެރުބައްތިއާއި، 11 ބަނދަރު ބައްތިއާއި، އެއް ރޭމްޕާއި، 772 ސްކެއާ މީޓަރު ޕޭމަންޓާއި، 10 މޫރިން ބްލޮކާއި، 18،800 ކިއުބިކް މީޓަރަށް ބަނދަރު ފުން ކުރުމަށާއިމ، 9900 މީޓަރަށް ނެރު ފުންކުރުމަށާއި، 287 ރިވެޓުމެންޓު ޖެހުމެވެ.

 

ށ. ފޭދޫ ބަނދަރު އަޕްގްރޭޑު ކުރުމުގެ މަސައްކަތް:

ށ. ފޭދޫ ބަނދަރު އަޕްގްރޭޑު ކުރުމުގެ މަސައްކަތް ހަވާލުކުރީ އެމްޓީސީސީއާއެވެ. މި މަސައްކަތް ހަވާލުކޮށްފައި ވަނީ 33 މިލިއަން ރުފިޔާ އަށް 480 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މި މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތުގެ ތެރޭގައި، 378 މީޓަރުގެ ބޮޑު ހިލައިގެ ބޭރު ތޮއްޓެއްލުމަށާއި، 280 މީޓަރުގެ އެއްގަމު ތޮއްޓެއް ލުމާއި، ދެ ނެރުބައްތި ޖެހުމާއި، 14 ބަނދަރު ބައްތި ޖެހުމާއި، 1400 ސްކެއާ މީޓަރުގެ ޕޭަމްންޓެއް ލުމާއި، 10 މޫރިން ބްލޮކް ލުމާއި، 18،500 ކިއުބިކް މީޓަރަށް ބަނދަރު ފުންކުރުމާއި 9000 ކިއުބިކް މީޓަރަށް ނެރު ފުންކުރުން ހިމެނެއެވެ.

 

އއ. ދިއްދޫ ހާބަރު އަޕްގްރޭޑު ކުރުމުގެ މަސައްކަތް:

އއ. ދިއްދޫ ހާބަރު އަޕްގްރޭޑު ކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ހެވީ ފޯސް ޕްރައިވެޓް ލިމިޓެޑާއެވެ. މި މަޝްރޫ ހަވާލުކޮށްފައި ވަނީ 21 މިލިއަން ރުފިޔާ އަށް 300 ދުވަހުގެ ތެރޭގައި ނިންމުމަށެވެ. މިމަޝްރީގެ ދަށުން ކުރުމަށް ނިންމާފައިވާ މަސައްކަތުގެ ތެރޭގައި، 227 މީޓަރު ބޮޑު ހިލައިގެ ބޭރުތޮއްޓެއް ލުމާއި، 33.70 މީޓަރުގެ ރިވެޓުމެންޓު ޖެހުމާއި، ހަތަރު ނެވިގޭޗަން ލައިޓު ހަރުކުރުމާއި، ބަނދަރާއި ނެރު ފުންކުރުމާއި، 196 މީޓަރުގެ އެލްބުލޮކު އެއްގަމުތޮށި ޖެހުމާއި، 10 މޫރިން ބްލޮކު ލުމާއި، އެއް ރޭމްޕު ހެދުމާއި، 13 މަގުބައްތި ހަރުކރުމުގެ އިތުރުން، އެއްގަމު ތޮށީގެ ވަށައިގެން 938.82 ފޫޓުގެ ޕޭމަންޓެއް ހެދުމަށް ވަނީ ހަމަޖެހިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: