ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންތިހާބުތައް ވަކިން ބޭއްވުމުން ވޯޓުލާންދާ މީހުންގެ ނިސްބަތް މަދުވޭ: ޝިޔާމް

ޕީއެންސީގެ ނައިބުރައީސް އަދި ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމް -- ފޮޓޯ | ޕީއެންސީ
ޝެއާރކޮށްލާ ކަހަލަދޯ؟

އިންތިހާބުތައް ވަކިން ބޭއްވުމުން ވޯޓުލާންދާ މީހުންގެ ނިސްބަތް މަދުވާ ކަމަށް ޕީއެންސީގެ ނައިބުރައީސް އަދި ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޕީއެންސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ޝިޔާމް ވިދާޅުވީ، ދެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމަކީ މީގެ ކުރިން ވެރިކަން ކުރެއްވި ބޭފުޅުންވެސް ތާއީދުކުރެއްވި ކަމެއް ކަމަށެވެ. އެގޮތުން، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެމަނިކުފާނުގެ ވެރިކަމުގައި ކެމްޕެއިނަށް ވަޑައިގެން ރަށެއްގައި ވާހަކަފުޅު ދައްކަވަމުން، ތިން އިންތިހާބު އެކުގައި ބޭއްވުމުގެ މުހިންމުކަން ފާހަގަކުރައްވާފައިވާކަމަށް ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވީ، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހުތަކަކީ ވެސް އިންތިހާބުތައް ބާއްވާ މިންވަރު މަދުކުރުމަށް މަގުފަހިވާނޭހެން ގެނެސްފައިވާ ބަދަލުތަކެއް ކަމަށެވެ. މިސާލެއްގެ ގޮތުން، ކުރިން ކޮންމެ ތިން އަހަރަކުން ބާއްވަމުން އައި ލޯކަލް ކައުންސިލް އިންތިހާބު، ކޮންމެ ފަސް އަހަރަކުން ބާއްވާ ގޮތަށް ބަދަލުކުރި ކުރުން އޭނާ ފާހަގަކުރެއްވިއެވެ.

އިންތިހާބުތައް ގިނަވުމުގެ ސަބަބުން ދިމާވާ ގޮންޖެހުންތަކަށް ހައްލެއް ހޯދުމަކީ ލޯކަލް ކައުންސިލް އިންތިހާބުގެ ދައުރު ފަސް އަހަރަށް އިތުރުކުރަންޖެހުނު މައިގަނޑު އެއް ސަބަބު

މީގެއިތުރުން، އިންތިހާބުތަކުގައި ކެންޑިޑޭޓުން ކުރަންޖެހޭ ބޮޑު ހޭދައަށް އަލިއަޅުއްވާލައްވަމުން ޝިޔާމް ވިދާޅުވީ، 2024 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރެއްވި 368 ކެންޑިޑޭޓުންގެ ތެރެއިން ކޮންމެ ބޭފުޅަކުވެސް ގާތްގަނޑަކަށް ތިން މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށެވެ. މިއީ އިލެކްޝަންސް ކޮމިޝަނުން އިންތިހާބު އިންތިޒާމުކުރުމަށް ކުރާ ހަރަދުގެ އިތުރުން، ކެންޑިޑޭޓުން އަމިއްލައަށް ކުރާ ހަރަދުތަކެއްކަން ޝިޔާމް ފާހަގަކުރެއްވިއެވެ.

ޝިޔާމް ވިދާޅުވި ގޮތުގައި، 2013 އާއި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓުލާން ނިކުތް މީހުންގެ އަދަދު ގިނަ ނަމަވެސް، އޭގެ އެއް އަހަރު ފަހުން ބޭއްވި މަޖިލިސް އިންތިހާބުތަކުގައި ވޯޓުލީ މީހުންގެ ނިސްބަތް ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: