ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑޜ ޝަހީމްގެ ފާޑުވިދާޅުވުން ސަރުކާރަށާއި އެމްޑީޕީއަށް

ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ މުހައްމަދު ޝަހީމް އަލީ ސައީދު: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ހދ.އަތޮޅުގައި ފުރަތަމަ ހުޅުވި ރިސޯޓުކަމުގައިވާ ހޮނޑާފުށީގެ ސަރވިސްޗާޖުގެ ވާހަކަ މީސްމީޑިޔާއަށް ތިލަކުރި ޒުވާނާ ވަޒީފާއިން ވަކިކޮށް ރަށުން ބޭރުކުރުމާ ގުޅިގެން ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީއަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. 

ޑރ.ޝަހީމު ވިދާޅުވީ އެޖެންޑާ 19އަށް ވޯޓު ދިނީމައި، އަނބިދަރިން ގާތުގައި ނިދަން މުވައްޒަފުންނަށް ދެވޭނެ ކަމުގައި ބުނި އަޑު އެއްސެވި ކަމުގައެވެ. އަދި އަނބިދަރިން ގާތަށް ދެވޭ ގޮތަކީ ވަޒީފާއިން ވަކިކުރީމައި އަނބިދަރިން ގާތަށް ދިއުންތޯވެސް ޝަހީމު ސުވާލުކުރެއްވިއެވެ. 

ޑރ.ޝަހީމު އިތުރަށް ވިދާޅުވެފައިވަނީ މިމައްސަލާގައި ފަތުރުވެރިކަމާ ބެހޭ ވަޒީރު ޢަލީ ވަޙީދު ފިޔަވަޅު އަޅުއްވަންޖެހޭ ކަމުގައެވެ.

https://twitter.com/Mohamedshaheem1/status/1211514735394463745

ހޮނޑާފުށިން ވަޒީފާއިން ވަކިކޮށްފައިވަނީ އެރިސޯޓުގެ ސެކިއުރިޓީ ގާޑެއްގެ ވަޒީފާ އަދާކުރަމުންދިޔަ އަޙްމަދު ޝިމްހާޒެވެ. ޝިމްހާޒަކީ އެރިސޯޓުގައި ސެކިއުރިޓީ ގާޑެއްގެ ގޮތުގައި މަސައްކަތްކުރާ ހަމައެކަނި ފަރާތެވެ. އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ އެއް މަހުގެ މުސާރަ ދިނުމަށްފަހު ކަމުގައި ބައެއް މީޑިޔާތަކުން ބުނެފައިވެއެވެ. 

އެރިސޯޓުން ސަރވިސް ޗާޖުގެ ގޮތުގައި ބެހުމަށް ނިންމާފައިވާ ޢަދަދަކީ އެންމެ 11 ޑޮލަރު ނުވަތަ 169.92 ދިވެހި ރުފިޔާ ކަމުގައި އެރިސޯޓުގެ މުވައްޒިފުން މަޢުލޫމާތު ދީފައިވެއެވެ. ސަރވިސް ޗާޖުގެ ގޮތުގައި ރާއްޖޭގެ ރިސޯޓުތަކުން އެކަށީގެންވާ މިނވަރެއް ދޭ ކަމުގައި ފަތުރުވެރިކަމާ ބެހޭ ވަޒީރު ޢަލީ ވަޙީދު ވިދާޅުވިއެވެ. ފަހުން ފާޑުކިއުންތައް އިތުރުވުމާ ގުޅިގެން އެބަސްފުޅާމެދު އޭނާ މަޢާފަށް އެދިވަޑައިގެންފައިވެއެވެ. 

ރާއްޖޭގެ ބައެއް އޮންލައިން މީޑިއާތަކަށް މައުލޫމާތު ދެމުން ޝިމްހާޒް ބުނި ގޮތުގައި ތުހުމަތެއް ކުރިއަސް ކުއްލި ގޮތަކަށް އޭނާ ވަޒީފާއިން ވަކި ކުރަންވީ ސަބަބެއް ނުވިސްނެ އެވެ. އަދި މަސައްކަތުގައި ދުވަހަކު ވެސް ފަރުވާ ކުޑަކޮށްފައި ނުވާނެ ކަމަޑެވެ. ޝިމްހާޒު ބުނި ގޮތުގައި އޭނާއަށް ފުރަތަމަ އެންގީ އަމިއްލައަށް ވަޒީފާއިން ވަކިވާން އެދި ސިޓީ ލާށެވެ. ނަމަވެސް އެއްވެސް ކަމަކާ ނުލައި އަދި ކުށެއްވެސް ނެތި، ވަޒީފާޢިން ކެނޑެން ސިޓީއެއް ލާން ބޭނުން ނުވީ އެވެ.

ޝިމްހާޒް ވަޒީފާއިން ވަކި ކުރަން ދިން ސިޓީގައި ސޮއެ ނުކުރުމުން ދެން އެންގީ ރިސޯޓުން ފޭބުމަށެވެ. އަދި ހަނިމާދޫއިން ހުންނާނެތަނެއް ހަމަޖެއްސި ވާހަކަ ވެސް އެންގި އެވެ. އޭނާ ބުނި ގޮތުގައި އެ ރިސޯޓު ލޯންޗުން ހަނިމާދޫއަށް ގެންދިޔަ ގޮތަށް އެއްވެސް ހަބަރެއް ނުވެ އެވެ. ނިދާނެތަން ވެސް ހަމަޖައްސައެއް ނުދިނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: