ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިރާގުން ޔޫ.އޭ.އީ އަދި ސައުދީ އަރައްބިއްޔާއަށް ހިލޭ ގުޅޭ ގޮތް ހަމަޖައްސައިފި!

ޝެއާރކޮށްލާ ކަހަލަދޯ؟

ދިރާގު ކަސްޓަމަރުންނަށް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫ.އޭ.އީ) އަދި ސައުދީ އަރައްބިއްޔާއަށް ހިލޭ ގުޅޭނެ އިންތިޒާމު އެ ކުންފުނިން ހަމަޖައްސައިފިއެވެ.

މިއީ މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހާދިސާތަކާ ގުޅިގެން، އެ ސަރަހައްދުގައި ދިރިއުޅޭ އާއިލާތަކާއި ގާތްތިމާގެ ފަރާތްތަކުގެ ހާލު ބެލުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ދިރާގުން ތައާރަފުކުރި ހިދުމަތެކެވެ.

މި ހާއްސަ ހިދުމަތުގެ ދަށުން، ޔޫ.އޭ.އީ އަދި ސައުދީ އަރައްބިއްޔާއަށް ގުޅުމަށް ކޮންމެ ކަސްޓަމަރަކަށް ޖުމްލަ 30 މިނިޓު ހިލޭ ލިބިގެންދާނެ ކަމަށް ދިރާގުން މައުލޫމާތުދެއެވެ.

މި ފުރުސަތަކީ ދަތި އުނދަގޫ ދަނޑިވަޅުތަކުގައި ކަސްޓަމަރުންނަށް މެދުކެނޑުމެއްނެތި މުއާސަލާތު ކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށް އެ ކުންފުނިން އިސްކަންދީގެން ކުރިއަށްގެންދާ ކަމެކެވެ.

މި ހިލޭ މިނިޓުތައް ހޯދުމަށް ކަސްޓަމަރުން #225* އަށް ޑައިލްކޮށްގެން އެކްޓިވޭޓް ކުރަންޖެހޭނެއެވެ.

ދިރާގުން ބުނި ގޮތުގައި މި ހިދުމަތް އެކްޓިވޭޓް ކުރުމުގެ ފުރުސަތު 2 މާރިޗު 2026 ގެ ނިޔަލަށް އޮންނާނެއެވެ. އަދި އެކްޓިވޭޓް ކުރާ ވަގުތުން ފެށިގެން 7 ދުވަހުގެ މުއްދަތަށް މި މިނިޓުތައް ބޭނުންކުރެވޭނެއެވެ.

ދިރާގުން އަބަދުވެސް މަސައްކަތް ކުރަނީ ދަތި އުނދަގޫ ދަނޑިވަޅުތަކުގައި ކަސްޓަމަރުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށެވެ. މިގޮތުން ދުނިޔޭގެ ކޮންމެ ތަނެއްގައި ތިބި ނަމަވެސް، އާއިލާއާއި ލޯބިވާ ފަރާތްތަކާ ގުޅުން ބަދަހިކުރުމަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދިނުމުގައި އެ ކުންފުނިން ދަނީ މުހިންމު ދައުރެއް އަދާކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: