ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ސާލިހް ނުރަސްމީ ދަތުރުފުޅެއްގައި ލަންކާއަށް ވަޑައިގަންނަވަނީ

ރައީސުލްޖުމްހޫރީއްޔާގެ ދެކަނބަލުން: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް ޞާލިޙު އައު އަހަރުގެ ޗުއްޓީ ލަންކާގައި ހޭދަކުރެއްވުމަށް އެޤައުމަށް ފުރާވަޑައިގަންނަވަން ހަމަޖެހިއްޖެއެވެ. 

“ސަންގު” އަށް މައުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް ހޫދު ވިދާޅުވީ ރައީސް ލަންކާއަށް ފުރާވަދައިގަންނަވަނީ އަންގާރަ ދުވަހު ކަމަށާއި އަދި އެނބުރި ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ ހަތަރު ވަނަ ދުވަހު ކަމަށެވެ. 

ހޫދު ވިދާޅުވި ގޮތުގައި ރައީސް ސާލިޙް ލަންޖާއަށް ކުރައްވާ ދަތުރުފުޅަކީ ނުރަސްމީ ދަތުރުފުޅެކެވެ. 

ރައީސްގެ ދެކަނބަލުން ވަނީ ޢީދު ޗުއްޓީ އާއި ދިމާކޮށްވެސް ދާދިފަހުން ލަންކާއަށް ވަޑައިގެންފައެވެ. އެމަނިކުފާނުގެ އާއިލީ ބައެއް ބޭފުޅުން ލަންކާގައި ދިރިއުޅުއްވައެވެ. އަދި މިއަހަރު ލަންކާގައި ފާހަގަ ކުރި އެ ގައުމުގެ ގައުމީ ދުވަހުގެ ހާއްސަ ހަފްލާ ޝަރަފްވެރި ކޮށްދެއްވީ ވެސް ރައީސް ސާލިހުއެވެ. 
 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: