ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިޔާސީ އިންތިޚާބުގައި މަކަރު ހެދިކަމަށް ސާބިތު ނުކޮށްދެވެންޏާ، ދެން އެ ވާހަކަ ހުއްޓާލާ: ޝަރީފް

ޝެއާރކޮށްލާ ކަހަލަދޯ؟

2018އިގެ ރިޔާސީ އިންތިޚާބުގައި މަކަރު ހެދިކަމަށް ބުނެ ދައްކާ ވާހަކަތައް، ސާބިތު ކޮށް ނުދެވޭނަމަ، އެވާހަކަދެއްކުން މިހާރު ހުއްޓާލަން ޖެހިފައިވާ ކަމަށް، އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް މިފަދައިން ވިދާޅުވީ ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ. ޝަރީފް މިފަދައިން ވިދާޅުވީ، ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ކާމިޔާބުކޮށްދިނުމަށް، ބޭރު ޤައުމަކުން އެމަނިކުފާނަށް މިލިއަނުން ޑޮލަރު ހުށަހަޅާފައިވާ ކަމަށް ބުނެ ކޮށްފައިވާ ތުހުމަތުތަކަށް ރައްދު ދެއްވަމުންނެވެ.

ޝަރީފް ވިދާޅުވީ ރިޔާސީ އިންތިޚާބާއި ގުޅޭގޮތުން އެއްވެސް ޑިޕްލޮމެޓަކާއި ވެސް އަދި ބޭރުގެ ސިޔާސީ މީހަކާއި ވެސް އިންތިޚާބުގެ ކުރިން ވާހަކަދެކެވިފައި ނުވާކަމަށެވެ. އެހެންނަމަވެސް، އިންތިޚާބުގައި މަކަރު ހެދިކަމަށް ބުނެ ދެކެވުނު ވާހަކަތަކަށް ފަހު ބޭރުގެ ފަރާތްތަކުން އެ ކަންކަން ހިނގަމުން އައި ގޮތް ވަރަށްކައިރިން ބަލާ އޮބްޒަރވްކޮށްފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.

” ބޭރުގެ މީހަކާވެސް، އަދި ކީއްކުރަންތޯ ރާއްޖޭގެ މީހަކާވެސް އެއްވެސް މީހަކާ އަޅުގަނޑާ އެކު ރިޔާސީ އިްނތިޚާބުގެ ވާހަކައެއް ނުދެކެވޭ. އަދި އެއްވެސް ފައިސާއެއް ނުލިބޭ. އަދި އިލެކްޝަންސް ކޮމިޝަންގެ މެމްބަރަކާއި ވެސް ވާހަކަދެކެވުނު ކަމެއް އަދި ފައިސާއެއް ލިބުނު ކަމެއް އަޅުގަނޑަކަށް އެނގިފައެއް ނެތް. އެހެންވީމަ އަޅުގަނޑު ސީރިއަސްކޮށް މިހާރު ދަންނަވަން އޮތް ވާހަކައަކީ ރިޔާސީ އިންތިޚާބުގެ ވާހަކަ ދެން ހުއްޓާލައްވާށޭ. އެކަންކަން ސާބިތުކޮށްދެވެންޏާ ކޯޓަށް ވަޑައިގެން ކުރައްވަންވީ. އެހެންނޫނީ އެ ވާހަކަތައް ހުއްޓާލައްވާށޭ. ހަމަ ސީރިއަސްކޮށް މި ދަންނަވަނީ. އެވާހަކަ ދައްކަވައިގެން ވާނެ ފައިދާއެއްވެސް ނެތް. އެހެންވީމަ ރިޔާސީ އިންތިޚާބުގެ ވާހަކަ ހުއްޓާލާފަ. އެހެން އިންތިޚާބުތަކައިގެން ކުރިއަށް ދާންވީ”

އެ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ ހަގީގަތުގައި އިދިކޮޅު ފަރާތްތަކުން ވެސް ރިޔާސީ އިންތިޚާބު ބަލައިގަންނަ ކަމަށެވެ. އެއީ އެކި ޕްލެޓްފޯރމްތަކުގައި ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީންއަށް 90،000 މީހުން ވޯޓުލީކަމަށް ބުނާ ކަމަށާ، އިންތިޚާބުގެ ނަތީޖާ ބަލައި ނުގަންނަ ނަމަ އެހެން ބުނަންވީ ކީއްވެގެންތޯ ޝަރީފް ސުވާލު އުފެއްދެވިއެވެ.

ރިޔާސީ އިންތިޚާބުގައި އީސީން މަކަރު ހެދި ކަމަށް ބުނެ އެކި ނަޒަރިއްޔާތުތައް ޕީޕީއެމްއުން އުފެއްދިއެވެ. އެ މައްސަލައިގައި ޕީޕީއެމްއިން ކޯޓަށް ވެސް ދިޔައެވެ. އެހެންނަމަވެސް ޕީޕިއެމްއަށް މައްސަލަ ކާމިޔާބު ނުވެ، ރިޔާސީ އިންތިޚާބުގެ ނަތީޖާ ސައްހަ ކަމަށް ވަނީ ނިންމަވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: