ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިހާރު ރާއްޖޭގައި ދެ ވެރިކަމެއް އެބަ ކުރޭ، ހަގީގަތަކީ އެއީ: ސައީދު

ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޖޭގައި މިހާރު ދެ ވެރިކަމެއް ކުރާ ކަމަށާ، އެ ހަގީގަތް ޤަބޫލުކުރަން ޖެހޭ ކަަމަށް ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސައީދު މިފަދައިން ވިދާޅުވީ ސަންގުޓީވީ އަށް ފޯނު މެދުވެރިކޮށް ދެއްވި ބަސްތީގަތުމެއްގައި ވާހަކަދައްކަވަމުންނެވެ. ސައީދު ވިދާޅުވީ މަނީ ލައުންޑަރ ކުރުމުގެ ކުށް ސާބިތުވެފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންވުމުގައި އުއްމީދެއް ނެތް ކަމަށް ވިދާޅުވީ، ޕީޕީއެމްއާއި ޕީއެންސީގެ އުއްމީދު ކުޑަވެގެން ނޫން ކަމަށެވެ.

އެފަދައިން ވިދާޅުވީ ރާއްޖޭގައި މިހާރު އޮތް ސަރުކާރުން އަމަލްކުރާ ގޮތުގެ ސަބަބުން ރައީސް ޔާމީން މިނިވަން ވުމުގެ އުއްމީދު ކުޑަ ކަން ހާމަކުރެއްވުމަށް ކަމަށް ސައީދު ވިދާޅުވިއެވެ.

” މިހާރު ބައްލަވާ އެ އަމަލްކުރަމުންދާ ހުދުމުހުތާރު ގޮތް. އަނެއްކަމަކީ މަޖިލީހުގައި އެއްވެރިކަން ދެން ރައީސް އޮފީހުގައި އެއްވެރިކަން މި ކުރަނީ. ކޮންތާކަށްތޯ އަޅުގަނޑުމެން ދާނީ. އަޅުގަނޑުމެން ރައީސް ޔާމީން މިނިވަން ކުރަން ކުރާ މަސައްކަތް ހުއްޓާލާ ވާހަކައެއް ނޫން ދެންނެވީ. އަޅުގަނޑުމެންގެ މަސައްކަތް ދާނީ ކުރިއަށް”

އިތުރަށް ސައީދު ވިދާޅުވީ ރައީސް ޔާމީން މިނިވަން ކުރުމުގެ ގޮތުން ހުށަހަޅާ ޕެޓިޝަންގައި ސޮއިކުރުމުގެ މަސައްކަތް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަރަށް ބާރަށް ކުރިއަށްދާކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފު މައްސަލަ ހައިކޯޓަށް މިހާރު ވަނީ ބަލައިގަނެފައެވެ.

ލަސްނުވެ ކަފާލާތުގެ ދަށުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޖަލުން ދޫކޮށްލާނެ ކަމުގެ ޔަޤީކަން އެބައޮތް ކަމަށް ރައީސް ޔާމީންގެ ގާނޫނީ ވަކީލުން ޓީމްގައި ހިމެނޭ، ކުރީގެ ނައިބު ރައީސް ޑރ. ޖަމީލް ވިދާޅުވިއެވެ.

އެގޮތުން، އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް ޔާމީންގެ ފަރާތުން ކަފާލާތަށް އެދި ހައިކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި ޒަމާނީ ޖުޑީޝީއަރީތަކުގައި ރައްޔިތުންނަށް ލިބިދޭ މިފަދަ ހައްގުތައް ދިވެހިރާއްޖޭގެ ކޯޓުތަކުން މީގެ ކުރިންވެސް ނަގަހައްޓާފައިވާތީ، ރައީސް ޔާމީނަށްވެސް ލަސްނުވެ ބެއިލްގެ ފުރުސަތު ލިބޭނެ ކަމުގެ ޔަގީންކަން އެބަ އޮތްކަމަށް އެމަނިކުފާނުވަނީ ވިދާޅުވެފައެެވެ.

ޑރ. ޖަމީލް ވަނީ އިނގިރޭސި ބަހުން ވެސް ރައީސް ޔާމީން ކަފާލާތުގެ ދަށުން ދޫކޮށްލަން އެދިވަޑައިގަތްކަން ހާމަކުރައްވާ ޓްވީޓެއް ކުރައްވާފައެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިން ދައުވާ ސާބިތުވާ ކަމަށް ކަނޑައަލައި ފަސް އަހަރަށް ޖަލަށް ލުމަށް ހުކުކް ކޮށް ފަސް މިޔިލޔަން ޑޮލަރުން ޖޫރިމަނާ ކުރީ މިދިޔަ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ.

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް ސަސްޕެންޑް ކޮށް ފަސް ގާޒީންގެ ބެންޗުން ހުކުމް ކޮށްފައި ވަނީ ރައީސް ޔާމީން ފަސް އަހަރަށް ޖަލަށް ލުމަށެވެ. އޭގެ އިތުރުން ލޯންޑާ ކުރިކަމަށް ސާބިތުވި އެއް މިލިއަން ޑޮލަރުގެ ފަސް ގުނަ، ފަސް މިލިއަން ޑޮލަރު ހަ މަސް ދުވަހުގެ ތެރޭގައި ދައުލަތަށް ދެއްކުމަށް ކޯޓުން ވަނީ ރައީސް ޔާމީންގެ މައްޗަށް ހުކުމްކޮށްފައެވެ.

ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރ ކުރުމުގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު ގިނަ ނުކުތާތަކެއް ފަސް ފަނޑިޔާރުންގެ ބެންޗުން ވަނީ ފާހަގަ ކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: