ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުދި ވިޔަފާރިތަކަށް އަންނަ ހަފުތާގައިވެސް 200 މިލިއަން ރުފިޔާ ދޫކުރާނެ: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުން ފައިސާ ދައްކަންޖެހިފައިވާ ކުދި އަމިއްލަ ކުންފުނިތަކުގެ ތެރެއިން، އެއް މިލިއަން ރުފިޔާއަށް ވުރެ ކުޑަ އަދަދުތައް ލިބެން ހުރި ފަރާތްތަކަށް އަންނަ ހަފުތާގައި 200 މިލިއަން ރުފިޔާ ދޫކުރާނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިޢުލާނު ކުރައްވައިފިއެވެ.

ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ އިޤްތިޞާދީ މިސްރާބު ހުރީ ރަނގަޅު މަގަކަށް ކަމަށެވެ.

ބޭރުގެ ދަރަނިތައް ދެއްކޭނެ ފަދަ އިންތިޒާމުތަކަކާއެކު އިޤްތިޞާދު ބަލަހައްޓަމުންދާ ކަމަށާއި، ދަރަނި އަދާކުރުމުގައި އެއްވެސް ދަތިކަމެއް ނެތް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ބޭރުގެ ދަރަނިތަކުގެ އިތުރުން، ސަރުކާރުން އެކި ފަރާތްތަކަށް ދައްކަންޖެހޭ ފައިސާވެސް ގަވާއިދުން ދޫކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.

ކުދި ވިޔަފާރިތަކަށް ކޮންމެ ހަފުތާއަކުވެސް ވަކި ވަރަކަށް ފައިސާ ދޫކުރަމުންދާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ކުރިއަށް އޮތް ހަފުތާގައިވެސް 200 މިލިއަން ރުފިޔާ އެފަދަ ކުންފުނިތަކަށް ދޫކުރާނެ ކަމަށެވެ.

”ކުރިއަށް އޮތް ހަފުތާއަކީވެސް ރާއްޖޭގައި މަސައްކަތްކުރާ ކުދި ވިޔަފާރިތަކުން ސަރުކާރަށް ކޮށްދީފައިވާ މަސައްކަތްތަކުގެ އަގުގެ ގޮތުގައި މަދުވެގެން 200 މިލިއަން ރުފިޔާ ދޫކުރާނެ ހަފުތާއެއް،“ ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ތަފްޞީލުކޮށްދެއްވި ގޮތުގައި، ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެނީ ކުދި އަދަދުތަކުގެ ބިލްތައް ހުރި ވެންޑަރުންނަށެވެ. އެގޮތުން އަންނަ ހަފުތާގައި ފައިސާ ދޫކުރަން ނިންމާފައިވަނީ އެއް މިލިއަން ރުފިޔާއަށް ވުރެ ކުޑަ ބިލްތަކަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ފާއިތުވި އަހަރުވެސް ސަރުކާރުން ވަނީ މުހިންމު މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން މިދިޔަ އަހަރުގެ ތެރޭގައި އެކި ވިޔަފާރިތަކަށް ދައްކަންޖެހޭ 6.3 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ސަރުކާރުން ވަނީ ޚަލާޞްކޮށްފައެވެ.

ސަރުކާރުގެ މި ސިޔާސަތުތަކުގެ ސަބަބުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މާލީ ގޮތުން ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ޤަބޫލުކުރެއެވެ. އަދި މިއަހަރަކީ މިފަދަ ވިޔަފާރިތަކަށް ކާމިޔާބު އަހަރަކަށް ވެގެންދާނެ ކަމަށްވެސް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: