ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމް.ޑަބްލިޔު.އެސް.ސީ ރޯދަ ސުފުރާ 1447: އިޖުތިމާޢީ ރޫޙު އާލާކުރުމުގެ ޚާއްޞަ ޙަރަކާތް ފަށައިފި

image MWSC
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިޔު.އެސް.ސީ) އިން އިޖުތިމާޢީ ޒިންމާގެ ދަށުން ކުރިއަށްގެންދާ ”އެމް.ޑަބްލިޔު.އެސް.ސީ ރޯދަ ސުފުރާ“ ޕްރޮގްރާމް، މި އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ކުރިއަށް އެބަދެއެވެ. މިއީ ރަމަޟާން މަހުގެ މަތިވެރި ރޫޙުގެ ދަށުން، މުޖުތަމަޢުގައި އެކުވެރިކަމާއި އޯގާތެރިކަން އާލާކުރުމުގެ މަޤްޞަދުގައި އެ ކުންފުނިން ކުރިއަށްގެންދާ ޙަރަކާތެކެވެ.

އެމް.ޑަބްލިޔު.އެސް.ސީ އިން މަޢުލޫމާތު ދޭ ގޮތުގައި، ނިމިދިޔަ ރަމަޟާން މަހު މި ޕްރޮގްރާމަށް އާންމުންގެ ފަރާތުން ލިބުނު ބޮޑު ތަރުޙީބާއި އެއްބާރުލުމާ ގުޅިގެން، މިއަހަރުވެސް މުޅި މަސްދުވަހަށް ބަހާލައިގެން މި ޙަރަކާތް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ. މި ޕްރޮގްރާމްގެ ދަށުން ރޯދަވީއްލުމަށް ބޭނުންކުރާ ”އިފްތާރ މީލް ޕެކް“ ބެހުމުގެ މަސައްކަތް ކޮންމެ ދުވަހަކުވެސް އެ ކުންފުނިން ދަނީ ކުރަމުންނެވެ.

މި ޙަރަކާތް ކުރިއަށްދަނީ ފެން ބިލްޑިންގގެ މައި ދޮރުމަތީގައި މިކަމަށް ޚާއްޞަކޮށް ތައްޔާރުކޮށްފައިވާ ޓެންޓުގައެވެ. އެމް.ޑަބްލިޔު.އެސް.ސީގެ މުވައްޒަފުންނަށާއި އާންމު ރައްޔިތުންނަށް މި ޕްރޮގްރާމުގައި ބައިވެރިވެ، ރޯދަވީއްލުމަށް ބޭނުންވާ ތަކެތި ހަދިޔާކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. އެގޮތުން ގޭގައި ތައްޔާރުކުރާ ކާބޯތަކެތި ކޮންމެ ދުވަހަކު ހަވީރު 4:30 އިން 5:45 އާ ދެމެދު އެ ޓެންޓަށް ގެނެސްދެވޭނެ ކަމަށް އެ ކުންފުނިން ވިދާޅުވެއެވެ.

ސިއްޙީ ރައްކާތެރިކަމަށް އިސްކަންދިނުމުގެ ގޮތުން، ހަދިޔާކުރާ ތަކެތި ފޮއިލް ކޮންޓޭނަރުގައި ރަނގަޅަށް ބަންދުކުރުމަށް އެމް.ޑަބްލިޔު.އެސް.ސީ އިން އިރުޝާދުދެއެވެ. މި މަސައްކަތަކީ އެކަކު އަނެކަކަށް އެހީތެރިވެ، އިޖުތިމާޢީ ރޫޙު ވަރުގަދަކޮށް، ދިވެހިންގެ މެދުގައި އޮންނަ އެއްބައެއްވަންތަކަމާއި ބަދަހި ގުޅުން ދެމެހެއްޓުމަށް ކުރެވޭ މުހިންމު މަސައްކަތެއްގެ ގޮތުގައި އެ ކުންފުނިން ފާހަގަކުރެއެވެ.

ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދިނުމުގެ އިތުރުން، މިފަދަ އިޖުތިމާޢީ ޙަރަކާތްތަކަކީ އެމް.ޑަބްލިޔު.އެސް.ސީ އިން މުޖުތަމަޢަށް ފައިދާހުރި ކަންކަން ކުރުމަށް ދޭ ސަމާލުކަމާއި، އެ ކުންފުނިން އަދާކުރާ މުހިންމު ދައުރު ރަމްޒުކޮށްދޭ ކަމެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: