ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަލިފާނުގެ ހާދިސާގައި ގެންލުން ލިބުނު އާއިލާއަށް ވަގުތީ ބޯހިޔާވެހިކަން ފޯރުކޮށްދީފި

ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގައި ކާބޯތަކެތި ތައްޔާރުކޮށް ވިއްކާ ގެއެއްގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި ގެންލުން ލިބުނު އާއިލާއަށް ވަގުތީ ބޯހިޔާވެހިކަން ފޯރުކޮށްދީފިއެވެ.

ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެމްޑީއެމްއޭ) އިން ވިދާޅުވީ މއ. ރިމްލާސްގައި ހިނގި އަލިފާނުގެ ހާދިސާގައި އެ ގޭގައި، ދިރިނޫޅެވޭ ވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.

އެ އޮތޯރިޓީން ވަނީ އެ އާއިލާއަށް ބޭނުންވާ ކެއިން ބުއިމާއި ވަގުތީ ބޯހިޔާވަހިކަމުގެ އެހީތެރިކަން ފޯރުކޮށްދީފައެވެ.

މިތަނުގައި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ރޭ މެންދަމު 3:00 ހާއިރެވެ. އެމްއެންޑީއެފުން ކުރި މަސައްކަތުން އަލިފާންގަނޑު ފަތިހު ވަނީ ނިއްވާލާފައެވެ. ނަމަވެސް އެތަން އެއްކޮށް ވަނީ އަނދާ ހުލިވެފައެވެ. މި ޙާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: