ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެ އިންތިޚާބު އެއްކޮށް ބޭއްވުމަކީ ރައްޔިތުންނަށް އެންމެ ފައިދާހުރިގޮތް: ރައީސް

ޝެއާރކޮށްލާ ކަހަލަދޯ؟

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަކީ ރައްޔިތުންނަށް އެންމެ ލާބަހުރި ގޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ދެ އިންތިޚާބު އެކުގައި ބޭއްވުމާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މި ދެ އިންތިޚާބު އެކުއެކީގައި ބޭއްވުމަށް ނިންމައި އެކަން އިޢުލާނު ކުރެވުނީ 2024 ނޮވެމްބަރު 11 ގައި ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އަދި މިގޮތަށް ކަންތައް ކުރުމުން ޤައުމަށް ލިބޭނެ ފައިދާތައް ތަފްސީލީ ގޮތެއްގައި ހާމަކޮށްދީފައިވާނެ ކަމަށާއި، ދާދިފަހުން ޕީއެންސީން ބޭއްވި ތަރާވީސް ޖަލްސާގައިވެސް އެ މަޢުލޫމާތުތައް ޙިއްސާކުރައްވާފައިވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، ޕީއެންސީގެ ފަރާތުން އިންތިޚާބުގައި ވާދަކުރައްވާ ކެނޑިޑޭޓުންނާއި ސަރުކާރުގެ ވަޒީރުންވެސް މިކަމާ ގުޅޭ މަޢުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދެމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.

ސަރުކާރުން ރައްޔިތުންނާ ބައްދަލުކުރަނީ ހަމައެކަނި އިންތިޚާބުތަކާ ދިމާކޮށް ކަމަށް ކުރެވޭ ތުހުމަތުތަކަށް ރައްދު ދެއްވަމުން ރައީސް ވިދާޅުވީ، އެމަނިކުފާނު ރައްޔިތުންނާ ބައްދަލުކުރައްވަނީ އިންތިޚާބަކަށް ބަލައިގެން ނޫން ކަމަށާއި، އެއީ ރައްޔިތުންނަށް ދިމާވާ ދަތިތައް ޙައްލުކޮށްދިނުމަށް ކުރާ މަސައްކަތެއް ކަމަށެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕޭނުން ފެށިގެން ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދުމަށް ސަރުކާރުން މެދުނުކެނޑި މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކައުންސިލްތަކުގެ އެއްބާރުލުން ނުލިބުނު ކަމުގައިވިޔަސް، ރައްޔިތުން އެދޭ ކަންކަން ސަރުކާރުން ކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވަމުން، ރައްޔިތުން ނިކަމެތި ޙާލުގައި އުޅޭތަން ދެކެން ބޭނުންފުޅު ނުވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: