ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިނަމާލެ އާއި މާލެހިޔާގައި ދިރިއުޅޭ ރައްޔިތުންނަށް ފައިސާ ދިނުން މެނިފެސްޓޯގައި ވެސް ވާނެ، އެއީ ރިޝްވަތެއް ނޫން: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ނޫސްވެރިންނާ ބައްދަލުކުރެއްވުން/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެހިޔާ އާއި ސިނަމާލޭ ފްލެޓުތަކުގައި ދިރިއުޅޭ މީހުން އެ ފްލެޓުތަކަށް ދައްކަން ޖެހޭ ޖޫރިމަނާ މާފުކޮށްދީ، އެ ތަންތަނުގެ ވެރިންނަށް ސަރުކާރުން ފައިސާގެ އިނާޔަތެއް ދިނުމަކީ ރިޝްވަތު ދިނުންކަމަށް ގަބޫލުނުކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު އޮތް ޕްރެސް ކޮންފަރެންސްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ރައީސް މުއިއްޒު ވިދާޅުވީ، މިއީ އެއްވެސް ވަރަކަށް ރިޝްވަތުގެ އަމަލެއް ނޫން ކަމަށާއި، މި އިނާޔަތަކީ އެމަނިކުފާނުގެ ރިޔާސީ ވައުދެއް ކަމަށެވެ. އަދި ވައުދުތައް ހިމެނޭ މެނިފެސްޓޯ ފޮތުގައި ވެސް އެކަން ހިމަނާފައިވާނެކަމަށާއި، ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭގައި އެކި ޕޯޑިއަމްތަކުގައި އެ ވާހަކަ ދައްކަވާފައިވާނެކަމަށް ރައީސް ވިދާޅުވި އެވެ.

މާލެހިޔާ އާއި ސިނަމާލެ ފްލެޓުތަކުގެ ޖޫރިމަނާ މާފުކޮށް، ފައިސާގެ އިނާޔަތެއް ދޭން ރައީސް ނިންމެވީ މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. އަދި އެކަން އެގޮތަށް ކުރުމަށް މާލެ ސިޓީ ކައުންސިލަށް ވެސް ވަނީ އޭރު އަންގަވާފައެވެ. ރައީސް ވިދާޅުވި ގޮތުގައި، މިދިޔަ ޖެނުއަރީ މަހު ކެބިނެޓުން އެކަން ނިންމުމުގެ ކުރިން ވެސް އެކަމާ ގުޅޭގޮތުން މަޝްވަރާ ކުރެވުނު ނަމަވެސް، އޭރު އެކަން ނުވީ ސިޓީ ކައުންސިލުގެ ތެރެއިން ލިބެންވާ އެއްބާރުލުން ނުލިބުމުގެ ސަބަބުންނެވެ.

ފްލެޓުތަކުގެ ހާލަތާ ގުޅޭގޮތުން ރައީސް ވިދާޅުވީ، ސިނަމާލެ 1، 2، 3 އަދި މާލޭހިޔާ 1، 2 ގެ އިތުރުން ވިލިމާލޭގައި ހުންނަ ސިނަމާލެ 4 ފްލެޓުތައް ހުރީ ވަރަށް ބޮޑަށް ހަލާކުވެފައި ކަމަށެވެ. އެތަންތަން މަރާމާތު ނުކުރުމުގެ ސަބަބުން ޝީޓުތައް ފަޅައިގެން ގޮސް، ބޮލަށް ވެއްޓޭ ހިސާބުގައި ހުރިއިރު، ފެން ލީކުވުމާއި ފާހަނާތައް ހަލާކުވުން ފަދަ ގިނަ މައްސަލަތަކެއް ކުރިމަތިވެފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެކަމަކު އެއީ އިންސާނުން ދިރިއުޅޭ ތަންތަން. އެތަންތަން ހުރީ މީހުންގެ ބޯމައްޗަށް ވެއްޓޭ ހިސާބުގައި. އެހެންވީމާ އަޅުގަނޑު ރިޔާސީ އިންތިހާބުގެ ތެރޭގައި އެ ވައުދުވީ

ރައީސް އިތުރަށް ވިދާޅުވީ މުޅި ރާއްޖޭގައި ހިމެނޭ ސޯޝަލް ހައުސިން ސްކީމުތަކުގެ ޖޫރިމަނާ މާފުކުރުމަކީ އެމަނިކުފާނުގެ ވައުދުފުޅެއް ކަމަށެވެ. އެގޮތުން ހުޅުމާލެ އާއި ރަށްރަށުގެ ފްލެޓުތަކުގެ ޖޫރިމަނާ ވެސް މިހާރު މާފުކޮށްދީފައިވާނެކަމަށް ވިދާޅުވިއެވެ.

ސިނަމާލެ އަދި މާލެހިޔާ ފްލެޓުތަކުގައި ބައެއް މީހުން ފައިސާ ދައްކައި ހަލާސްކޮށް، ތަންތަން މިލްކުކޮށްފައި ވީނަމަވެސް، އެ އެންމެން ވެސް ދިރިއުޅެމުންދަނީ ވަރަށް ދަތި ހާލުގައި ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: