ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހައްގު ނޫން ތަނެއް މޮރިޝަސްއަށް ހައްގެއް ނުވާނެ، ގުޅުން ކަނޑާލުމަކީ ތާކުންތާކުޖެހޭ ނިންމުމެއް ނޫން: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ނޫސްވެރިންނާ ބައްދަލުކުރެއްވުން/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޗާގޯސްގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު އޮތްކަމަށް ދިވެހި ސަރުކާރުން ގަބޫލުނުކުރާ މައްސަލާގައި، އެ ގައުމުން ރާއްޖެއާ އެކު ޚާރިޖީ ގުޅުންތައް ވަގުތުން މެދުކަނޑާލުމަށް ނިންމި ނިންމުމަކީ ވަރަށް ”އިމެޗުއަރ“ ނިންމުމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މޮރިޝަސްގެ ސިޔާދަތީ ބާރު ޗާގޯސްގެ މައްޗަށް ނެތްކަމާއި، އެތަނަށް ރާއްޖެއިން ކުރާ ދައުވާ ދަމަހައްޓާކަމަށް ދިވެހި ސަރުކާރުން ގެންގުޅޭ ސްޓޭންޑާއި އެކު އެ ގައުމުން ރާއްޖެއާ އެކު ބާއްވާ ހާރިޖީ ގުޅުންތައް ވަގުތުން ކަނޑާލަން ނިންމީ މިދިޔަ ބުދަ ދުވަހު އެވެ.

މޮރިޝަސްގެ ބޮޑުވަޒީރުގެ އޮފީހުން ކެބިނެޓުގެ ނިންމުމާއި ގުޅޭގޮތުން ނެރުނު ބަޔާނުގައި ވަނީ، ޗާގޯސްގެ މައްޗަށް އެ ގައުމުގެ ބާރު އޮތްކަމަށް ރާއްޖެއިން މިހާރު ދެކޮޅު ހަދަމުންދާތީއާއި، އިނގިރޭސި ސަރުކާރާއެކު ރާއްޖެއިން އެކުލަވާލުމަށް މަސައްކަތްކުރާ އެއްބަސްވުމަށް އިއުތިރާޒުކުރާ ކަމަށެވެ. މި ސަބަބުތަކަށްޓަކައި މޮރިޝަސްގެ ކެބިނެޓުން ވަނީ ރާއްޖެއާއެކު އޮތް ސިޔާސީ ގުޅުން ވަގުތުން ސަސްޕެންޑުކުރުމަށް ނިންމާކަމަށް ވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި، ނޫސްވެރިއަކު މިކަމާ ގުޅޭގޮތުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް މުއިއްޒު ވިދާޅުވީ، މޮރިޝަސްއިން ގުޅުން ކަނޑާލުމަކީ ވަރަށް ތާކުންތާކުނުޖެހޭކަމެއް ކަމަށާއި، އެފަދަ ނިންމުމަކުން ހަގީގަތް ބަދަލުނުވާނެ ކަމަށެވެ.

ރާއްޖެއާ ސިޔާސީ ގުޅުން ކަނޑާލިޔަސް މޮރިޝަސްއަކަށް ހައްގުނުވާ ތަނެއް މޮރިޝަސްއަކަށް ހައްގެއް ނުވާނެ… އެއްވެސް ގައުމަކަށް މިއީ ޗާގޯސް ހަވާލުކުރާ ކަމަށް ވަންޏާ، ހަވާލުކުރަންޖެހޭނީ އެތަނުގެ ހައްގުވެރި ފަރާތް ކަމަށްވާ ދިވެހިރާއްޖެއާ..

ރައީސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ޗާގޯސް ނުވަތަ ފޯޅަވަހީގެ މައްޗަށް އެހެން އެއްވެސް ގައުމަކަށްވުރެ ރާއްޖޭގެ ތާރީހީ ގުޅުން ބޮޑެވެ. އެގޮތުން 9 ވަނަ ހަސަން ރަސްގެފާނުގެ ޒަމާނުން ފެށިގެން އެތަނަކީ ދިވެހިންގެ ތަނެއްކަން ސާފުވާން އެބަހުރިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ގެއްލުނު ކަނޑުގެ ސަރަހައްދު ހޯދުމުގެ މަސައްކަތާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، އެޓާނީ ޖެނެރަލްގެ އޮފީހާއި ކެބިނެޓް ކޮމިޓީއެއް ގުޅިގެން ބޭރުގެ ފަންނީ މާހިރުންގެ އެހީތެރިކަމާއެކު އެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށެވެ. އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީ އަނބުރާ ގެނައުމަށް ނިންމާފައިވާކަން ތަކުރާރު ކުރެއްވިއެވެ.

އަޅުގަނޑުމެންގެ ސްޓޭންޑް ބަދަލެއް ނުވާނެ. ރާއްޖެ ކުރިއަށްދާނީ މޯލްޑިވްސް ފަސްޓް ޕޮލިސީއާއެކު،

ރައީސް ވިދާޅުވި ގޮތުގައި އިނގިރޭސި ސަރުކާރުން އެ ސަރަހައްދު އެހެން ގައުމަކާ ހަވާލު ކުރާނަމަ، އެތަން ހަވާލުކުރަންޖެހޭ ހަމައެކަނި ގައުމަކީ ރާއްޖެއެވެ.

ޗާގޯސް ނުވަތަ ފޯޅަވަހީގެ މައްޗަށް އެހެން އެއްވެސް ގައުމަކަށްވުރެ ރާއްޖެއަށް އޮތް ހައްގު ބޮޑުކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. ޗާގޯސްގެ މައްސަލާގައި މޮރިޝަސްގެ ބޮޑުވަޒީރަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފޮނުއްވި ސިޓީ އަނބުރާ ގެނައުމަށް ވެސް ވަނީ ނިންމަވާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: