ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސްޓެލްކޯގައި ކުރިއަށްގެންދިޔަ ފަޔަރ ވޯޑަން – ޓްރެއިން ދަ ޓްރެއިނަރ ޕްރޮގްރާމްގެ ބައިވެރިންނަށް ސެޓްފިކެޓްދީފި

ޝެއާރކޮށްލާ ކަހަލަދޯ؟

ސްޓެލްކޯގައި ކުރިއަށްގެންދިޔަ ފަޔަރ ވޯޑަން – ޓްރެއިން ދަ ޓްރެއިނަރ ޕްރޮގްރާމްގެ ބައިވެރިންނަށް ސެޓްފިކެޓްދީފިއެވެ.

މި ޕްރޮގްރާމުގެ ބައިވެރިންނަށް ސެޓްފިކެޓް ދީފައިވަނީ އެކަމަށްޓަކައި މިއަދު ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ޕްރޮގްރާމް ފުރިހަމަކޮށް ސްޓެލްކޯގެ 30 މުވައްޒަފުން މިއަދު ވަނީ ސެޓްފިކެޓް ޙާޞިލްކޮށްފައެވެ.

ބައިވެރިންނަށް ސެޓްފިކެޓް ދެއްވީ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް ހިސާން ޙަސަން އާއި ސްޓެލްކޯ ހިންގެވުމާއި ޙަވާލުވެވަޑައިގެން ހުންނެވި ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޑރ. އަލީ އަޒްވަރެވެ.

ފަޔަރ ވޯޑަން ”ޓްރެއިން ދަ ޓްރޭނަރ“ މި ޕްރޮގްރާމަކީ، މަސައްކަތުގެ މާޙައުލުގައި އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމުގެ މިންގަނޑުތައް ހަރުދަނާކުރުމަށާއި، ކުއްލި ޙާލަތްތަކަށް ތައްޔާރުވެފައިވާ މިންވަރު އިތުރުކުރުމަށްޓަކައި، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ އާ ގުޅިގެން ކުރިއަށްގެންގޮސްފައިވާ ތަމްރީނު ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމަކީ، ކުއްލި ހާލަތްތަކުގައި ފަޔަރ ވޯޑަނުންގެ މަސްއޫލިއްޔަތު އަދާކުރުމަށް އެހެން މުވައްޒަފުން ތަމްރީނުކުރުމަށް ބޭނުންވާ ޢިލްމާއި، ޢަމަލީ ހުނަރާއި، އުނގަންނައިދިނުމުގެ ފަންނީ ޤާބިލުކަން މުވައްޒަފުންގެ ކިބައިގައި އަށަގަންނުވައި، ސްޓެލްކޯގައި ތަމްރީނު ދިނުމުގެ ޤާބިލުކަން އިތުރުކުރުމަށް ހިންގާފައިވާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމްގައި ކިޔަވައިދެއްވާފައިވަނީ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ ތަޖުރިބާކާރުންނެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސްޓެލްކޯ ހިންގެވުމާއި ޙަވާލުވެވަޑައިގެން ހުންނެވި ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޑރ. އަލީ އަޒްވަރު ވިދާޅުވީ، މި މަސައްކަތަކީ އެބޭފުޅުން 2024 ވަނަ އަހަރު ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއާއެއްކޮށް ވެވުނު އެމްއޯޔޫއެއްގެ ދަށުން ކުރަމުން އައި ޙަރަކާތްތަކުގެ ތެރެއިން އެއްބައިކަމުގައެވެ.

އެމަރޖެންސީ ރެސްޕޮންސް ޕްލޭނެއް ތައްޔާރުކުރުމުގެ މަސައްކަތަކީ އޭގެތެރޭގައި ހިމެނޭއެއްކަންތައް ކަމަށް ވެސް އަޒްވަރު ވިދާޅުވިއެވެ. އަދި މީގެއިތުރަށް  އިވެކުއޭޝަން ޕްލޭނެއްގެ މަސައްކަތް ވެސް ހިމެނޭ ކަމަށާއި،  އެކަމަށްޓަކާ އެބޭފުޅުން ތައްޔާރުކުރަންޖެހޭ ފަޔަރ ވޯޑަނުން ތައްޔާރުކުރުން މި އެކްސަސައިޒްގަކުރިއަށް ގެންދެވުނު ކަމަށް ވެސް އެބޭފުޅުން ފާހަގަކުރައްވިއެވެ.

އެކަމަށް އިތުރު ބޭފުޅުން ތައްޔާރުކުރުމުގެ ގޮތުން ފުރަތަމަ ޓްރެއިން ދަ ޓްރެއިނަރސް މި ހިންގުނީ. ކުންފުނީގެ ލެވެލްގަ މި ބޭފުޅުންގެ ބޭނުން ހިފައިގެން އަދި އިތުރު މުވައްޒަފުންނަށް އެ ބޭފުޅުނުންނަށް އެ ލިބިލެއްވި ތަމްރީނުގެ އަލީގަ މި ޙަރަކާތް އިތުރަށް އަދި ކުރިއަށްއޮތް ތާނގަ އެބޭފުޅުން ކުރިއަށް ގެންގޮސްދެއްވާނެ. އަޒްވަރު ވިދާޅުވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް ހިސާން ޙަސަން ވިދާޅުވި، ކުންފުންޏެއް ނުވަތަ މުއްސަސާއެއް ނުވަތަ އޮފީހެއް، ވިލުންތެރި އޮފީހަކަށް ނުވަތަ ކުންފުންޏަކަށް ވަނީ ބޮޑެތި ކަންތައްތައް ދިމާވާ ވަގުތުގަ އެ ކުންފުނިތަކުން ނުވަތަ އޮފީސްތަކުން ރައްޔިތުންނަށް ފޯރުކޮށްދެމުންދާ ޚިދުމަތްތައް މެދުނުކެނޑި އެ ޙާލަތުގަވެސް ފޯރުކޮށްދެމުން ގެންދާގެންދިއުމަށް ބުރުލެއްނާރާ އަސްލުގަ ކުރިއަށް ދިއުންކަމުގައިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: