ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކައުންސިލްތަކަށް އިދާރީ މުވައްޒަފުން ނުލިބުމުގެ މައްސަލަ ޙައްލުކުރުމަށް މަސައްކަތް ފަށައިފި

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވަރީރު އާދަމް ޝަރީފް ޢުމަރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ބައެއް ރަށްރަށުގެ ކައުންސިލް އިދާރާތަކަށް އިދާރީ މުވައްޒަފުން ނުލިބުމުގެ މައްސަލަ ޙައްލުކުރުމަށް ސަރުކާރުން މަސައްކަތް ފަށައިފިއެވެ.

މިކަން ހާމަކުރެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު އެކްސްގައި ކުއަވާފއިވާ ޕޯސްޓެއްގައެވެ.

ވަޒީރު ފާހަގަކުރެއްވި ގޮތުގައި، ވަކިން ހާއްސަކޮށް ފަތުރުވެރިކަމާއި އެނޫންވެސް އިޤުތިޞާދީ ފުރުޞަތުތައް ފަހިވެފައިވާ ކުދިކުދި އާބާދީތަކުގެ ރަށްރަށުގައި، ކައުންސިލް އިދާރާތަކުގައި މަސައްކަތް ކުރާނެ އިދާރީ މުވައްޒަފުން ނުލިބުމުގެ މައްސަލަ ދަނީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ.

މީގެ މައިގަނޑު ސަބަބެއްގެ ގޮތުގައި ބެލެވެނީ އެފަދަ ރަށްރަށުގައި އަމިއްލަ ދާއިރާގައި ހުރި ވަޒީފާގެ ފުރުޞަތުތަކާއި އާމްދަނީ ބޮޑުވުމެވެ.

ފަތުރުވެރިކަމާއި އެނޫންވެސް އިޤުތިޞާދީ ފުރުޞަތުތައް ފަހިވެފައިވާ ކުދިކުދި އާބާދީތަކުގެ ކައުންސިލް އިދާރާތަކުގައި މަސައްކަތް ކުރާނެ އިދާރީ މުވައްޒަފުން ނުލިބުމުގެ މައްސަލަ އަންނަނީ އިތުރުވަމުން. މި މައްސަލަ ހައްލު ކުރުމަށް ގުޅުންހުރި މުއައްސަސާތަކާއެކު މިދަނީ މަސައްކަތް ކުރަމުން.

މި މައްސަލައަށް ދާއިމީ ޙައްލެއް ހޯދުމަށްޓަކައި، ކަމާގުޅުންހުރި އެހެނިހެން މުއައްސަސާތަކާއެކު މިހާރު މަޝްވަރާކުރެވެމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މި މަސައްކަތުގެ ތެރެއިން، ކައުންސިލްތަކުގެ އިދާރީ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތަކާއި، މުވައްޒަފުން ހޯދުމުގައި ދިމާވާ ގޮންޖެހުންތައް ނައްތާލުމަށް ސަރުކާރުން ދަނީ އިސްކަންދެމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަމާޒު ހިފާފައިވަނީ ކައުންސިލްތަކަކީ ރައްޔިތުންނާ ގާތުން ޚިދުމަތްދޭ، ހިންގުންތެރި މުއައްސަސާތަކަކަށް ހެދުމަށެވެ. އެހެންކަމުން، އިދާރީ ހިންގުމަށް ބޭނުންވާ އިންސާނީ ވަސީލަތް ހަމަޖެއްސުމަކީ މި އަމާޒަށް ވާޞިލްވުމަށްޓަކައި ކުރެވޭ މުހިންމު މަސައްކަތެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: