ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޅިވަރު ކޮމިއުނިޓީ ގުޅުވާލުމަށް ”މީސް“ ޕޯޓަލް ރީބްރޭންޑްކޮށް ދެ ހަފުތާ ތެރޭގައި ނެރެނީ!

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ކުޅިވަރު މުޖުތަމައުގެ ހުރިހާ ފަރާތްތަކެއް އެއް ވިއުގައަކުން ގުޅުވާލުމަށްޓަކައި، ”މީސް“ ޕޯޓަލް ރީބްރޭންޑްކޮށް އާ ނިޒާމެއްގެ ތެރެއިން ވަރަށް އަވަހަށް ޚިދުމަތް ދޭން ފަށާނެކަން ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު ވިދާޅުވީ، ކުޅިވަރު އެސޯސިއޭޝަންތަކާއި، ކުލަބު ޖަމިއްޔާތައް އަދި ކޮމިޝަނަރ އޮފް ސްޕޯޓްސްއާ ދެމެދު މައުލޫމާތު ބަދަލުކުރެވޭނެ ހަރުދަނާ ނިޒާމެއް ގާއިމްކުރުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށެވެ.

ވަޒީރު ވިދާޅުވި ގޮތުގައި، މިހާރު ބޭނުންކުރަމުންދާ ސޮފްޓްވެއަރ އިތުރަށް އަޕްގްރޭޑުކޮށް، އައު ޕްލެޓްފޯމަކަށް ބަދަލުކުރުމުގެ މަސައްކަތް މިހާރު ވަނީ މުޅިން ނިމިފައެވެ. އަދި ކުރިއަށް އޮތް ދެ ހަފުތާއެއްހައި ދުވަހުގެ ތެރޭގައި މި އައު ޕޯޓަލް ރަސްމީކޮށް ލޯންޗުކުރެވޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި ބަދަލާ ގުޅޭގޮތުން އިތުރަށް ތަފްސީލު ދެއްވަމުން ވަޒީރު ވިދާޅުވީ، ކޮމިޝަނަރ އޮފް ސްޕޯޓްސްއަކީ ކުޅިވަރު އެސޯސިއޭޝަންތަކުގެ ބެލެނިވެރި ފަރާތް ކަމަށްވާއިރު، މި ނިޒާމުގެ ސަބަބުން ރަސްމީ ލިޔެކިޔުންތައް ބަދަލުކުރުމުގައި ބޮޑެތި ލުއިތަކެއް ލިބިގެންދާނެ ކަމަށެވެ.

”މި ބަދަލާއެކު ކުލަބު ޖަމިއްޔާތަކާއި އެސޯސިއޭޝަންތަކަށް ރަޖިސްޓްރޭޝަން ހުށަހެޅުމާއި، ހިންގާ ގަވައިދު ހުށަހެޅުމުގެ އިތުރުން، ކުޅުންތެރިންނަށް ރިލީޒް ހޯދުމަށް ހުށަހެޅުމަށް ވެސް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ،“ ވަޒީރު ރާފިއު ވިދާޅުވިއެވެ.

ޖުމްލަ ގޮތެއްގައި ކޮމިޝަނަރ އޮފް ސްޕޯޓްސްގެ އޮފީހުން ދެމުންގެންދާ ހުރިހާ ޚިދުމަތްތަކެއް މި ޕޯޓަލްގެ ތެރެއަށް ހިމެނިގެންދާނެއެވެ. މި ހުރިހާ ޚިދުމަތްތަކެއްވެސް ލިބިގެންދާނީ ”ވަންގަވް“ މެދުވެރިކޮށް، އަލަށް ރީބްރޭންޑް ކުރެވޭ ”މީސް“ ޕޯޓަލްގެ ތެރެއިންނެވެ.

މި މަޝްރޫއަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކުޅިވަރުގެ ދާއިރާ ހަރުދަނާކޮށް، ޑިޖިޓަލް ވަސީލަތްތަކުގެ އެހީގައި ޚިދުމަތްތައް އަވަސްކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ކުރިއަށްދާ މުހިންމު މަސައްކަތެކެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: