ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކެންޔާ އާއި އައްޑޫ އަދި ޖަކާޓާއާ ދެމެދު ”ގްރީން އިކޮނޮމިކް ކޮރިޑޯ“ އެއް ގާއިމްކުރުމަށް ނަޝީދުގެ ހުށަހެޅުމެއް!

ކުރީގެ ރައީސް މުޙައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ކެންޔާގެ މޮމްބާސާ އާއި ރާއްޖޭގެ އައްޑޫ ސިޓީ އަދި އިންޑޮނޭޝިއާގެ ޖަކާޓާ ގުޅުވާލައި، އިންޑިއާ ކަނޑުގައި ”ގްރީން އިކޮނޮމިކް ކޮރިޑޯ“ އެއް ގާއިމްކުރުމުގެ ހުށަހެޅުމެއް ކުރީގެ ރައީސް މުހައްމަދު ނަޝީދު އާންމު ކުރައްވައިފި އެވެ.

”އެކްސް“ ގައި އާންމު ކުރެއްވި ވީޑިއޯއެއްގައި ރައީސް ނަޝީދު ވިދާޅުވީ އައްޑުއަކީ ގުދުރަތީ ގޮތުން އިންޑިއާ ކަނޑުގެ ސީދާ މެދުގައި އޮތް ތަނަކަށް ވުމަކީ އެ ސިޓީއަށް ލިބިފައިވާ އެންމެ ބޮޑު ނިއުމަތް ކަމަށެވެ. އަދި އިންޑިއާ ކަނޑަކީ ދުނިޔޭގެ މުދާ އުފުލާ މައި މަގަކަށް ވާއިރު ރައީސް ނަޝީދު ހުށަހަޅުއްވާ މި ޕްލޭނަކީ އައްޑޫ ސިޓީއަކީ ޓްރާންޝިޕްމަންޓް ބަނދަރަކަށް ހަދައި، އެފްރިކާގެ އިރުމަތީ ގައުމުތަކާއި ފާ އީސްޓް ނުވަތަ އިންޑޮނޭޝިއާ ފަދަ ގައުމުތަކާ ދެމެދު މުދާ ބަދަލުކުރާ މަރުކަޒަކަށް ހެދުމެވެ.

އެގޮތުން ކެންޔާގެ މޮމްބާސާ އާއި ސޯމާލިއާގެ މޮގަދިޝޫ ފަދަ ބަނދަރުތަކުން ކުދި ކޮންޓޭނަރު ބޯޓުފަހަރުގައި މުދާ އައްޑޫއަށް ގެނައުމަށް ފަހު، އެ މުދާ ޖަކާޓާއިން އަންނަ ބޯޓުފަހަރަށް ބަދަލުކުރުމުގެ ނިޒާމެއް ގާއިމްކުރުމުގެ ވިސްނުން ހިއްސާ ކުރެއްވި އެވެ.

މި މަޝްރޫއަށް ”ގްރީން އިކޮނޮމިކް ކޮރިޑޯ“ އެއްގެ ނަން ދެއްވާފައި ވަނީ، މި މުޅި ނިޒާމަކީ އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން އަދި ތިމާވެއްޓަށް ގެއްލުން ނުވާނެހެން ހިންގާނެ މަސައްކަތަކަށް ވާތީ ކަމަށް ނަޝީދު ވިދާޅުވިއެވެ.

މި ވިސްނުންފުޅާ ގުޅޭގޮތުން ކެންޔާގެ ރައީސް ވިލިއަމް ރޫޓޯއާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވާފައިވާކަމަށާއި، ކެންޔާގެ ރައީސް މިކަމަށް ވަރަށް ބޮޑު ޝައުގުވެރިކަމެއް ފާޅުކުރައްވާފައިވާކަމަށް ވެސް ނަޝީދު ހާމަކުރެއްވިއެވެ.

ކެންޔާގެ ރައީސް ހުންނެވީ ވަރަށް ޝައުގުވެރިކަމާއެކީގަ. މިކަމުގެ ފީޒިބިލިޓީއެއް ބެއްލެވުމަށް ވަރަށް ބޮޑަށް ތައްޔާރު. އަދި ކެންޔާގެ ރައީސް ވާނީ އެބޭފުޅާގެ ވަޒީރުން އަރިހުގަ އެކަމާއިގެން އުޅުމަށް ވިދާޅުވެސްވެފަ

މީގެ އިތުރުން، އައްޑޫ ސިޓީގެ މޭޔަރ އަލީ ނިޒާރާ މިކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވާކަމަށާއި، މިފަދަ ބޮޑު މަސައްކަތެއްގައި އިސްކޮށް އުޅުއްވުމަށް ނިޒާރަކީ ވަރަށް ގާބިލު އަދި ހީވާގީ ބޭފުޅެއްކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވި ގޮތުގައި، ދެން އޮތް މަރުހަލާއަކީ ރާއްޖޭގެ ކަމާބެހޭ ފަރާތްތަކާއި ޖަކާޓާގެ އޮފިޝަލުންނާ ބައްދަލުކޮށް، މި ”ގްރީން ކޮރިޑޯ“ ހަގީގަތަކަށް ހެދުމަށް ބޭނުންވާ ފަންނީ އަދި އިދާރީ އެހީތެރިކަން ހޯދުމެވެ.

މި މަޝްރޫއު ކާމިޔާބުވެއްޖެނަމަ، މިއީ އައްޑޫގެ އިގްތިސާދަށާއި މުޅި ރާއްޖޭގެ ތަރައްގީއަށް އިންގިލާބީ ބަދަލެއް އަންނާނެ ކަމެއް ކަމަށް އެމަނިކުފާނު ތަކުރާރު ކުރެއްވި އެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: