ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާ އަަހަރު ޤާނޫނާ ޚިލާފް ކަންކަން ކުރަން އެބަ ރާވާ، ސަމާލުވޭ: ފުލުހުން

ޝެއާރކޮށްލާ ކަހަލަދޯ؟

އާއަހަރާއި ގުޅިގެން އެކަމަށް އެކި ކަހަލަ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ބޭނުންވާ ފައިސާ ހޯދުމަށް ވައްކަން ކުރަން ރާވަމުންދާކަމުގެ އިންޒާރު ފުލުހުން ދީފިއެވެ.

ފުލުހުން އެފަދައިން ވިދާޅުވީ އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި، ޓްރެފިކް ޕޮލިސްގެ ހެޑް، ސުޕްރިޓެންޑެންޓު އޮފް ޕޮލިސް ހުސައިން ސަމީރު ވިދާޅުވީ، އާ އަހަރު ފާހަގަކުރަން ހިންގާ ހަރަކާތްތަކާއި ގުޅިގެން، މިދިޔަ ހަފުތާގެ އާދިއްތަ ދުވަހުން ފެށިގެން މާލެ ސަރަހައްދުގައި ހާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންދާ ކަމަށެވެ.

ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ހެޑް އޮފް ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް ރިލޭޝަން ފާތިމަތު ނަޝްވާ ވިދާޅުވީ މިފަދަ ކަންކަމަކީ ރައްޔިތުން މިހާރަށްވުރެ ބޮޑަށް، އިސްކަމެއް ދީގެން ރަައްކާތެރިވާން ޖެހޭ ކަމެއްކަމަށެވެ. އަދި މި ދުވަސްވަރަކީ ޗުއްޓީ ހޭދަކުރުމަށާއި، އެހެނިހެން ކަަންކަމަށް ގެދޮރު ދޫކޮށް އެހެނިހެން ތަންތަނަށް މީހުން އެންމެ ގިނައިން ދަތުރުކުރާ ދުވަސްކޮޅުކަން އޭނާ ފާހަގަކުރެއްވިއެވެ.

އޭނާ ވަނީ ގޭގޭގައި ރަނގަޅަށް ތަޅުލުމަށާއި، ތަނަކަށް ދިއުމުގެ ކުރިން އަގުބޮޑު މުދާ ރައްކާތެރިކުރުމަށް އޭނާ ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި އެއްވެސް ތަނަކަށް ދިއުމުގެ ކުރިން އިތުބާރު ކުރެވޭ މީހަކާއި ގެ ބެލެހެއްޓުމަށް ހަވާލުކުރުމަށްވެސް ނަޝްވާ އިލްތިމާސްކުރެއްވިއެވެ.

މީގެ އިތުރުން ހުޅުމާލޭގެ ނެއިބަހުޑް ޕޮލިސްގެ ހެޑް، ސަބް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު އިސްމާއިލް ވަނީ އާ އަހަރު ފާހަގަ ކުރުމާ ދިމާކޮށް، ހިންގާ ޖިނާއީ ކުށްތައް ހުއްޓުވަން ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައިވެސް ފުލުހުން ހަރަކާތްތެރިވާނެ ކަން ހާމަކުރައްވާފައެވެ. އަދި ކުށްކުރާ މީހުންނާ ދެކޮޅަށްއަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަން ފާހަގަކުރެއްވިއެވެ.

ފުލުހުން ވަނީ އާ އަހަރު ފާހަގަކުރަން ޤަވައިދާއި ޚިލާފު ކަންކަން ކުރަން ރާވަކަމުގެ މައުލޫމާތު ލިބިފައިވާކަން ހާމަކުރައްވާފައެވެ. އެހެންކަމުން އެކަންކަމާއި ގުޅިގެން މާލެސިޓީގައި ހާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

އެ އޮޕަރޭޝަނުގެ ތެރެއިން އެއްގަމު އުޅަނދާއި ކަނޑު ދަތުރުކުރާ އުޅަނދުތައް ބަލައި ފާސްކުރަމުންދާކަމަށް ފުލުހުން ވިދާޅުވިއެވެ. އެ އޮޕަރޭޝަންގައި ފޭރިގެންފައި އަދި ވައްކަން ކޮށްގެން ނަގާފައިވާ ކަމަަށް ބެލެވޭ ތަކެތި ހޯދައިފައިވާ ކަމަށާއި އަދި އެފަދަ ކަންކަން ކުރަމުންދާ މީހުންނާއި މެދު ފިޔަވަޅު އަޅަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: