ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑޮނޭޝިއާގެ އުތުރު ސުމަޓްރާ ސަރަހައްދަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

image: Google
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑޮނޭޝިއާގެ އުތުރު ސުމަޓްރާ ސަރަހައްދަށް މިއަދު ހެނދުނު ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް އޮފީސް) އިން ހާމަކޮށްފައިވާ ގޮތުގައި، މި ބިންހެލުން އައިސްފައިވަނީ ރާއްޖެ ގަޑިން މިއަދު ހެނދުނު 09:56 ހާއިރުއެވެ.

މި ބިންހެލުން އައިސްފައިވަނީ ރިކްޓަރ މިންގަނޑުން 6.0 ގެ ބާރުމިނުގައެވެ. ބިންހެލުން އައި ސުމަޓްރާ ސަރަހައްދަކީ ދިވެހިރާއްޖޭގެ ވެރިރަށް މާލެއާ ގާތްގަނޑަކަށް 3,131 ކިލޯމީޓަރު ދުރުގައި އޮންނަ ސަރަހައްދެކެވެ.

މި ހާދިސާއާ ގުޅިގެން ރާއްޖޭގެ މެޓް އޮފީހުން ބުނީ، އިންޑޮނޭޝިއާއަށް އައި މި ބިންހެލުމުގެ ސަބަބުން ރާއްޖެއަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ރާއްޖެއަށް ސުނާމީގެ ބިރުވެރިކަމެއް ނެތްކަންވެސް އެ އިދާރާއިން ވަނީ ކަށަވަރުކޮށްދީފައެވެ.

އިންޑޮނޭޝިއާގެ ސުމަޓްރާ ސަރަހައްދަކީ އާންމުކޮށްވެސް ބިންހެލުންތައް އަންނަ ސަރަހައްދަކަށް ވީނަމަވެސް، މިއަދުގެ ބިންހެލުމުގެ ސަބަބުން ރާއްޖޭގެ މޫސުމަށާއި ކަނޑުގެ ލޮނުގަނޑަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް މެޓް އޮފީހުން މައުލޫމާތު ދެއެވެ. ކަމާބެހޭ އިދާރާތަކުން ދަނީ މި ހާދިސާ ވަރަށް ގާތުން މޮނީޓަރ ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: