ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

2019އިގެ ފެށުން: މަޖިލީހަށް އަރުތަވެރި އުމްރާނީ ބަދުލަތެއް

ރައްޔިތުންގެ މަޖިލިސް - ފޮޓޯ މަޖިލިސް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

2018ވަނަ އަހަރު މަޖިލީހުގެ ހަރަކާތްތެރިކަން ކުޑަވެފައި ވަނދުކަން އެއީ ސުވާލެއް އޮތް ކަމެއް ނޫނެވެ.

އެހެންނަމަވެސް އެ އަހަރަކީ މަޖިލީސްތެރެ ހަލަބޮލި ދުވަސްތަކެއް ފެނިގެން ދިޔަ އަހަރެކެވެ. އެއީ މަޖިލީހުގެ އަޑު ކުޑަވެ ހަވާސާވެގެންދިޔަ ދުވަސްތަކެކެވެ. ޚާއްސަކޮށް ބައެއް މެމްބަރުންނަށް މަޖިލީހަށް ނުވަދެވުމާއި، 12 މެމްބަރެއްގެ ގޮނޑިއާއި މެދު ސުވާލު އުފެދި، މަޖިލީހުގެ ފާރުތައްމަތިން މެމްބަރުން އެރުމާއި، މަޖިލީހުގެ ސަލާމަތީ ކަންކަން ބަލަހައްޓާ ދިފާޢީ ބާރުން އެ މެމްބަރުން ފާރުތައް މަތިން އުކާ ހިސާބަށް ކަންކަން ދިޔައެވެ.

ކޮންމެއަކަސް 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިޚާބާއި އެކު، މަޖިލީހުގެ ރިޔާސަތު ވެސް ބަދަލުވިއެވެ. އޭގެ ކުރިން މަޤާމްގައި ހުންނެވި އަބްދުﷲ މަސީހު ވަކިކޮށް، މާމިގިލީ ދާއިރާގެ މެމްބަރު ޤާސިލް އިބްރާހިމް އާއި މަޖިލީހުގެ ރިޔާސަތު ހަވާލު ކުރެވުނެވެ.

ކޮންމެއަކަސް، މަޖިލީސް ތެރެ “ހަލަބޮލި” 18ވަނަ މަޖިލީހުން 2019ވަނަ އަރަހަށް ކުރިމަތިލީ މިކަންކަމުން ލިބުނު ފިލާވަޅާއިއެކުގައެވެ. އެހެންކަމުން އެ އަހަރު މަޖިލީހުގެ މަސައްކަތްތައް ފެށުމުގެ ކުރިން ވަގުތުން ވަގުތަށް ގެންނަވަން މުހިއްމު ބަދަލެއްކަމަށް އޭރުގެ ރިޔާސަތަށް ފެނިވަޑައިގަތް ކަމެއް އޮތެވެ. އެއީ މަޖިލީހުގެ ވަށާ ފާރު އުސްކުރުމާއި، އިމާރާތަށް ގެނައި ބައެއް އުމްރާނީ ބަދަލުތަކެވެ. މިއާއި އެކު މަޖިލީހުގެ މަލަމަތި ރީތި ކޮށް، އާބާތުރަ ފިލުވުމުގެ މަސައްކަތް ވެސް ކުރިއަށްދިޔައެވެ.

މަޖިލީހުގެ ވެބްސައިޓް ލޯންޗްކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން – ފޮޓޯ ސަންގު

18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ކުރެވުނު މަސައްކަތްތަކާއި މެދު ސުވާލުތަކެއް އާއްމުން އައީ އުފައްދަމުންނެވެ. އެހެންނަމަވެސް އެ ދައުރުގައި ކުރި މަސައްކަތްތަކާއި ގުޅޭގޮތުން ޚާއްސަ ފޮތެއް ނެރުމުގެ އިތުރުން، އާ ވެބްސައިޓެއް އެކުލަވާލާ އެ ވެބްސައިޓްގެ ފީޗާސްތައް ވެސް އެޕްރިލް މަހުގެ ތެރޭގައި ވަނީ ދައްކާލާފައިވެއެވެ. މީގެ އިތުރުން 18 ވަނަ ދައުރުގައި، މަޖިލިސް ކުރާ މާލަމުގައި ހުންނަ ކޮންގްރެސް ސިސްޓަމަށް ބަދަލުތަކެއް ގެނެސްފައިވާކަން ފާހަގަކޮށްލެވެއެވެ.

18 ވަނަ ދައުރުގެ ފަހު ހަ މަސްދުވަހު ރައްޔިތުންގެ މަޖިލީހަށް ގެންނެވި ބަދަލުތަކުގެ ސަބަބުން އެ މަޖިލީހުން ކުރި ހުރިހާ މަސައްކަތްތައް އޮންނާނީ ހާމަކަން ބޮޑު ގޮތެއްގައި ރައްޔިތުންނަށް ފެންނަން ކަމަށް 18 ވަނަ މަޖިލީހާއި ގުލޭގޮތުން ރައްޔިތުންގެ މަޖިލީހުގެ އޭރުގެ ރައީސް އަދި މަމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވަނީ ވިދާޅުވެފައެވެ.

ގާސިމް ވިދާޅުވީ ގާނޫނު އަސާސީގައި މަޖިލީހުގެ މަސައްކަތްތައް ހާމަކަން ބޮޑު ގޮތެއްގައި ރައްޔިތުންނަށް ފޯރު ކޮށްދިނުމަށް ބާރު އަޅާފައިވާއިރު އެކަން ފުރިހަމަ ވެގެންދާތީ އެކަމާ އުފާކުރައްވާ ކަމަށެވެ.. އަދި 19 ވަނަ މަޖިލީހުން ފެށިގެން، މަޖިލީހުގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ބެލެހެއްޓުމަށް ނިންމާފައިވާކަން ފާހަގަކުރެއްވިއެވެ. އެގޮތުން، މަޖިލީހުގެ މެމްބަރުންނާއި މަޖިލިސް މުވައްޒަފުން އެ އިދާރާ އަށް ވަންނަ އިރު، ސްކްރީން ކުރާ ގޮތަށް ނިންމެވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: