ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

2019: ވައްކަން އިތުރުވި އަހަރެއް!

ރައީސް ސާލިހު ރިޔާސީ ބަޔާން އިއްވަވަނީ: ފޮޓޯ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

2018 ވަނަ އަހަރާއި އަޅާބަލައިރު2019 ވަނަ އަހަރު ރާއްޖޭގައި ވައްކަމުގެ މައްސަލަތަށް ރިޕޯޓުކޮށްފައިވާ މިންވަރު ވަނީ އިތުރުވެފައެވެ.

ވައްކަމާއި ފޭރުމުގެ މައްސަލަތަކަށް ބަލާއިރު މިދިޔައަހަރާއި އަޅާބަލާއިރު 2019 ވަނަ އަހަރު ވައްކަމުގެ މައްސަލަތަށް ވަނި ގިނަވެފައެވެ. އެގޮތުން 2018 ވަނަ އަހަރު ވައްކަމުގެ 3272 މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައިވާއިރު 2019 ވަނަ އަހަރު ހުށަހެޅުނު މައްސަލަތަކުގެ އަދަދު ވަނީ 4355 ކަށް އިތުރުވެފައެވެ.

2019 ވައްކަން އިތުުރުވެފައިވީނަމަވެސް، ވައްކަމުގެ ފާހަގަކޮށްލެވޭ ބޮޑު މައްސަލައެއް ރިޕޯޓު ކުރެވިފައި ނުވާކަން ފަހަގަކޮށްލެއެވެ.

2018 ވަނަ އަހަރާއި އަޅާ ބަލައިރު 2019 ވަނަ އަހަރު ފޭރުމުގެ މައްސަލަތަށް ދައްވެފައިވާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން 2018 ވަނަ އަހަރު ފޭރުމުގެ 537 މައްސަލަ ފުލުހުންނަށް ރިޕޯޓު ކޮށްފައިވާއިރު 2019 ވަނަ އަހަރު އެ މައްސަލަ ވަނީ 473 އަށް މަދުވެފައެވެ.

ވައްކަމާއި ފޭރުމުގެ ވާހަކަދައްކާލާއިރު މިދިޔަ އަހަރު ތެރޭ ޓެކްސީ ޑުރައިވަރުންނަށް ބިރުދައްކާ ޑްރައިވަރުން އަތުން ފޭރޭ މައްސަލަ ވަނީ ކަންބޮޑުވާ ހިސާބަށް ގޮއްސައެވެ. މީގެ އިތުރުން މިއަހަރު މުޅި ރާއްޖެ ސިއްސުވާލި އެއް މަރުގެ ހާދިސާ ހިނގާފައިވަނީ ޓެކްސީ ޑުރައިވަރެއް ފޭރުމުގެ ތެރެއިންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: