ރޯދަމަހުގެ ފަހު 10 ގައި އައިޑީ ކާޑު ދޫކުރުމުގެ ޚިދުމަތް ދޭނެ ދުވަސްތައް ޑިޕާޓްމެންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރް) އިން އިއުލާނުކޮށްފިއެވެ.
އައިޑީކާޑުގެ ހިދުމަތް ދިނުމާއި ގުޅޭގޮތުން ޑީއެންއާރުއިން ބުނެފައި ވަނީ، ފަހު 10ގައި އައިޑީ ކާޑު ދޫކުރުމުގެ ޚިދުމަތް ދޭނީ މާރޗް މަހުގެ 11, 15, 17, އަދި 19 ގެ ހެނދުނު 9:00އިން 13:00 އަށް ކަމަށެވެ.
އައިޑީކާޑު ދޫކުރުމުގެ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ:
- ޑީއެންއާރު ހެޑް އޮފީސް، މާލޭ
- އުމަރު ޒާހިރު ބިލްޑިންގް، ހުޅުމާލޭ ފުރަތަމަ ފިޔަވަހި
- ވިނަރެސް ޓަވަރު 2، ހުޅުމާލޭ ދެވަނަ ފިޔަވަހި
- ޑީއެންއާރު ވިލިމާލެ އޮފީސް
ޑީއެންއާރުން ވަނީ، އެމާޖެންސީ ހާލަތްތަކުގައި އެ ޑިޕާޓްމެންޓުގެ ނަންބަރު 7280368އަށް ގުޅުމުން ޚިދުމަތް ދޭނެކަން ފާހަގަކޮށްފައެވެ.

