ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

2019ގެ އުސްއަލިތަކުގެތެރެއިން ރައީސް ސާލިހްގެ ރިޔާސީ ބަޔާން: “ބޮޑު” ވައުދުތަކެއް!

ރައީސް ސާލިހު ރިޔާސީ ބަޔާން އިއްވަވަނީ: ފޮޓޯ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

18 ވަނަ މަޖިލީހުގައި، ދައުރުގެ ފުރަތަމަ ޖަލްސާގައި އޮތީ އަލަށް ހުވާކުރެއްވި ރައީސް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ރިޔާސީ ބަޔާން އިއްވެވުމެވެ. އެ ބަޔާނަކީ ކޮންމެއަކަރެއްގެ ވެސް މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި، ގާނޫނު އަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ރައީސުލްޖުމްހޫރިއްުޔާކަން ކުރައްވާ ބޭފުޅަކު އިއްވަވަން ޖެހިވަޑައިގަންނަވާ ބަޔާނެކެވެ.

އެގޮތުން އިއްވެވި، ރައީސް ސާލިހުގެ ފުރަތަމަ ރިޔާސީ ބަޔާނުގައި ފާހަގަކުރައްވާފައިވާ އެއްކަމަކީ އިގްތިސާދީ ދުވެލި މެކުހަށް ޖެހުމަށް މަސައްކަތް ކުރައްވާނެ ވާހަކައެވެ. އެގޮތުން، އިޤްތިޞާދީ މިންގަނޑުތަކަށް ބަލާއިރު، ރާއްޖޭގެ އިޤްތިޞާދީ ދުވެލި، 2019 ވަނަ އަހަރު ގާތްގަނޑަކަށް 7.6 އިންސައްތައިގައި، ހިފެހެއްޓޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ވިދާޅުވެފައެވެ.

އެމަނިކުފާނުގެ ތަސައްވުރަކީ ދައުލަތުގެ ރިޒާވް އެއް ބިލިއަނަށް ގެންދިއުން ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. މީގެ އުތުރުން ރާއްޖޭގެ އިންފްލޭޝަން ރޭޓު ހިފަހައްޓާލެވޭނެ ކަމަށް ލަފާ ކުރެވެނީ 1.3 އިންސައްތައިން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. 2018 ވަނަ އަހަރު ނިމިގެންދިޔައިރު ދައުލަތުގެ ރަސްމީ ރިޒާވްގައި 757.8 މިލިއަން އެމެރިކާ ޑޮލަރު ހުރި ނަމަވެސް، 2019 ވަނަ އަހަރު އަހަރު ނިމޭއިރު އެ އަދަދު 803.4 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުވާނެ ކަމަށް ރައީސްވަނީ ވިދާޅުވިއެވެ.

އިޖްތިމާޢީ ދާއިރާއަށް ބަލާލާނަމަ، ހައުސިން ނީޑް އެސެސްމެންޓްގެ ނަމުގައި ބޯހިޔާވަހިކަމުގެ ދާއިރާ އަށް ދިމާވެފައިވާ ދަތިކަން ހައްލު ކުރާނެ ކަމަށް ރައީސް ވައުދުވެވަޑައުގަތެވެ. އެގޮތުން އެ މަސައްކަތް ނިމުމުން ބޯހިޔާވަހިކަމުގެ ސިޔާސަތު އެކުލަވާލާ 2019 އަހަރު އެ ސިޔާސަތު ތަންފީޒް ކުރަން ފައްޓަވާނެ ކަމަށް ރައީސް ވައުދުވެވަޑައިގަތެވެ. މީގެ އިތުރުން، ގެދޮރުވެރިކަމާއި ގުޅޭ ދެ ޤާނޫނެއް ވުޖޫދުކުރުމަށް މަސައްކަތް ކުރައްވާނެކަން ރައީސް ހާމަކުރެއްވިއެވެ.

ރިޔާސީ ބަޔާން އިއްވުމުގެ ޖަލްސާގެ ތެރެއިން: ފޮޓޯ ސަންގު

މީގެ އިތުރުން، 2019 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި އެންމެ ބޮޑު ހޭދައެއް ކުރަން ނިންމާފައިވަނީ ތަޢުލީމީ ދާއިރާއަށް ކަމަށާއި، ޤައުމު ތަރައްގީގެ ދުވެލި ހަލުވި ކުރެވޭނީ ތައުލީމީ ދަރިންތަކެއް އުފެދިގެންކަމަށް ރައީސް ވިދާޅުވިއެވެ. އެ ގޮތުން ތިނެއް ޕޮއިންޓް ހަތަރެއް ބިލިއަން ރުފިޔާ ތައުލީމީ ދާއިރާއަށް ކަނޑައާޅާފައިވާ ކަމަށާއި، މިއީ ރާއްޖޭގެ ތާރީހުގައިވެސް މިވަރުގެ ހޭދައެއް ތައުލީމީ ދާއިރާއަށް ކަނޑައެޅި ފުރަތަމަ ފަހަރުކަން އެ މަނިކުފާނުގެ ރިޔާސީ ބަޔާނުގައި ފާހަގަކުރެއްވިއެވެ.

ރައީސް ސޯލިހްވަނީ 2019 ވަނަ އަހަރު ދައުލަތަށް އާމްދަނިއެއްގެ ގޮތުގައު 23 ބިލިއަން ރުފިޔާ ލިބިގެންދާނެކަމަށް ވެސް ފާހަގަކުރައްވާފައެވެ. ހަމައެހެންމެ އެ އަދަދަކީ 2018 އާއި އަހަރާއި އަޅާބަލާ 7.8 އިންސައްތައިގެ ކުރިއެރުމެމެއް ކަމަށާ، އާމްދަނީއަށް ބޮޑު ބައެއް ހިއްސާކުރަނީ އެކި ދާއިރާތަކުން ލިބޭ ޓެކްސްކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

އިގްތިސާދީ ދާއިރާއިން ވެވަޑައިގެންނެވި މުހިއްމު އެހެން ވައުދުތަކަށް ބަލާލާނަމަ، ރާއްޖޭގެ ކުދި ވިޔަފާރިތަކުގެ ތެރެއަށް ސަރުކާރުގެ ކުންފުނިތަކުން ވަނުން ހުއްޓުވުމަކަށް ގެންނާނެ ކަމަށާއި، އެކަމަށް ގެންނަވަންޖެހޭ ބަދަލުތައް ސަރުކާރުން ގެންނަވާނެ ކަމަށް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ރައީސްގެ ވާހަކަފުޅުގައިވަނީ، މާލެއާއި އެއްއަގެއްގައި ޜާއްޖޭގެ ކޮންމެ ރަށަކުންވެސް ކާޑުގެ ބާވަތްތައް ލިބޭނެ އިންތިޒާމް ހަމަޖައްސާވާނެ ކަމަށް ވިދާޅުވެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: