ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތެލަސީމިއާއަށް ހޭލުންތެރިކުރުމަށް އެޗްޑީސީއާއި ތެލެސީމިއާ ސޮސައިޓީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުން ތެލެސީމިއާއަށް ހޭލުންތެރިކުރުމުގެ ޕްރޮގުރާމުތައް ކުރިއަށްގެންދިއުމަށްޓަކައި، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި މޯލްޑިވްސް ތެލެސީމިއާ ސޮސައިޓީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިކަމަށްޓަކައި އިއްޔެ އެޗްޑީސީގެ ހެޑް އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، އެޗްޑީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ، ބްރިގޭޑިއަރ ޖެނެރަލް ރިޓަޔާރޑް އަލީ ޒުހައިރު އެވެ. ތެލެސީމިއާ ސޮސައިޓީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ސޮސައިޓީގެ ޗެއާޕާސަން، އިމާން މުހައްމަދު އެވެ.

އެއް އަހަރު ދުވަހުގެ މުއްދަތަށް ސޮއިކުރި މި އެއްބަސްވުމުގެ ދަށުން، ތެލެސީމިއާ ސޮސައިޓީއާއި އެޗްޑީސީ ގުޅިގެން ހުޅުމާލޭގެ ފޭސް 1 އަދި ފޭސް 2 ގައި ތެލެސީމިއާއަށް ހޭލުންތެރިކުރުމުގެ އެކި ސެޝަންތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އެޗްޑީސީން ހާމަކުރި ގޮތުގައި، މި އެއްބަސްވުމުގެ މައިގަނޑު މަޤްސަދަކީ ވީހާވެސް ގިނަ ބަޔަކަށް ތެލަސީމިއާއާ ބެހޭ ސައްހަ މައުލޫމާތު ފޯރުކޮށްދިނުމެވެ. އަދި މި ބައްޔާ މެދު ހޭލުންތެރިކަން އިތުރުކޮށް، ރާއްޖޭގައި ތެލަސީމިއާ ކުދިން އުފަންވާ ނިސްބަތް މަދުކުރުމަކީވެސް މި މަސައްކަތުގެ ބޮޑު އަމާޒެކެވެ.

އެޗްޑީސީން އިތުރަށް ބުނީ ކުރިއަށް އޮތް ތަނުގައިވެސް މުޖްތަމައުއަށް ފައިދާހުރި އަދި އިޖުތިމާއީ ދުޅަހެޔޮކަން އިތުރުކޮށްދޭނެ މިފަދަ ތަފާތު ޕްރޮގުރާމުތައް ހިންގުމަށް އެ ކުންފުނިން ހާއްސަ އިސްކަމެއް ދޭނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: