ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސްޓޫޑެންޓް ލޯނު ސްކީމަށް އެދި ހުށަހެޅުން މުޅި އަހަރަށް ހުޅުވާލައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ވަކި މުއްދަތެއް ނެތް ގޮތަށް ދަރިވަރުންނަށް މި އަހަރުގެ ސްޓޫޑެންޓް ލޯނު ސްކީމަށް އެދި ހުށަހެޅުމުގެ ފުރުސަތު، މުޅި އަހަރަށް ހުޅުވާލުމަށް ސަރުކާރުން ނިންމަވައިފިއެވެ.

މިކަން ހާމަކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީކުރުމާ ބެހޭ ވަޒީރު ޑރ. އަލީ ހައިދަރު އަހްމަދު އެވެ.

ވަޒީރު ވިދާޅުވީ މި ބަދަލު ގެނައުމުގެ މައިގަނޑު އެއް މަޤްސަދަކީ ލޯނަށް އެދޭ ދަރިވަރުންނަށް ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސާދިނުމެވެ. މީގެ ކުރިން ވަކި ސުންގަޑިއެއް ކަނޑައެޅިފައި އޮތުމުގެ ސަބަބުން، ދަރިވަރުންނަށް އެ މުއްދަތުގެ ތެރޭގައި އެޕްލިކޭޝަން ހުށަހެޅުމަށް ދަތިތަކާ ކުރިމަތިވެ، ލޯނުގެ ފުރުސަތު ގެއްލޭކަން ފާހަގަކުރެވިފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

”މިފަހަރު އަލަށް ލޯނަށް ހުޅުވާލާއިރު، އެޕްލިކޭޝަން ޑެޑްލައިނެއް ނުބާއްވާ ލޯނަށް އެދުމުގެ ފުރުސަތު މުޅި އަހަރަށް ހުޅުވާލެވިފައި އޮންނާނެ،“ ވަޒީރު ޑރ. ހައިދަރު ވިދާޅުވިއެވެ.

ލޯނަށް އެދޭއިރު ހުށަހަޅަންޖެހޭ ލިޔެކިޔުންތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، އޮފާ ލެޓާ ނުވަތަ ޕްލޭސްމަންޓް ލެޓަރާއި، ޕްރޮގްރާމްގެ ފީ ސްޓްރަކްޗާ މިފަހަރު ހުށަހަޅަންޖެހޭނެ ކަމަށެވެ.

މީގެ އިތުރުން ރެގިއުލޭޓަރީ އޮތޯރިޓީއަކުން ހުއްދަ ހޯދަންޖެހޭ ދާއިރާއެއް ނަމަ އެކަމުގެ ލިޔުމާއި، އެމް.ކިޔު.އޭ އިން ދޫކުރާ އިންޓެންޑެޑް ޕްރޮގްރާމް ރެކޮގްނިޝަން ލެޓާވެސް ހުށަހަޅަންޖެހޭނެއެވެ.

ކުރިއަށް އޮތް ބަންދު ދުވަސްތަކަށްފަހު ލޯނަށް އެދުމުގެ ފުރުސަތު ރަސްމީކޮށް ހުޅުވާލާނެކަން ފާހަގަކުރައްވައި، ވަޒީރު ވަނީ ފުރިހަމަ އެޕްލިކޭޝަނެއް ހުށަހަޅާ ދަރިވަރުންނަށް ކުރީ އަހަރުތަކަށްވުރެ އަވަހަށް ފައިސާ ހަމަޖެހިގެންދާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.

ސަރުކާރުގެ އުންމީދަކީ މި ބަދަލާއެކު ވީހާވެސް ގިނަ ދަރިވަރުންނަށް ލޯނަށް އެދުމަށް އެކަށީގެންވާ ވަގުތު ލިބި، މަތީ ތައުލީމުގެ ފުރުސަތުތައް ހޯދުމުގައި ބޮޑެތި ފަސޭހަތަކެއް ލިބިގެންދިއުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: