ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިޚާބު ކާމިޔާބު ކުރާނީ ޕީއެންސީ: ސައްތާރު

ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބު ތަފާތު ބޮޑު ނަތީޖާއަކުން ޕީއެންސީން ކާމިޔާބު ކުރާނެ ކަމަށް ހުޅުދޫ ދާއިރާގެ މެމްބަރު އަބްދުއް ސައްތާރު މުހައްމަދު ވިދާޅުވެއްޖެއެވެ.

ސައްތާރު މިހެން ވިދާޅުވީ ކުރިއަށް އޮތް އިންތިޚާބާ ގުޅިގެން ކޮންގްރެސް ޕާޓީން ކުރިއަށްގެންދާ ”ދިވެހީންގެ ރާއްޖެ“ ޕްރޮގްރާމުގައި ވާހަކަދައްކަވަމުންނެވެ.

ސައްތާރު ވިދާޅުވީ ޕީއެންސީގެ ކެނޑިޑޭޓުން ހޮވުމަށްޓަކައި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި އެކި ލެވެލްގައި ވަރަށް ފޯރިއާއިއެކު ކެންޕެއިންގެ މަސައްކަތްތައް ކުރެވެމުންދާ ކަމަށެވެ.

މިގޮތުން ކެމްޕެއިންގެ ހަރަކާތްތައް މުޅި ރާއްޖޭގައި ހިންގުމުގެ މައިގަނޑު މަޤްސަދަކީ ޕީއެންސީ ކެނޑިޑޭޓުން ހޮވުމުގެ މުހިންމުކަން ރައްޔިތުންނަށް އަންގައި ދިނުން ކަމަށާއި، ޤައުމު ތަރައްޤީ ކުރެވޭނީ ސަރުކާރަށް ނިސްބަތްވާ ކެނޑިޑޭޓުން ހޮވައިގެން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މީގެ ކުރިން ލޯކަލް ކައުންސިލް އިންތިޚާބެއްގައި ކެންޕެއިން ނުކުރާ ވަރަށް މިފަހަރު ޕީއެންސީގެ ފަރާތުން ކެންޕެއިންގެ ޙަރަކާތްތައް ކުރިއަށް ގެންދާކަން ފާހަގަކުރައްވަމުން ސައްތާރު ވިދާޅުވީ، ކެނޑިޑޭޓުންނަށް ޕާޓީގެ ފަރާތުން ދޭންޖެހޭ އެހީތެރިކަމާއި ފުރިހަމަ އެއްބާރުލުން ދެމުންގެންދާ ކަމަށެވެ.

މި ކެމްޕެއިންގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަމަލީގޮތުން ބައިވެރިވެވަޑައިގަންނަވާކަން ފާހަގަކުރައްވަމުން ސައްތާރު ވިދާޅުވީ، ރަމަޟާން މަހުގެ ތެރޭގައިވެސް އެމަނިކުފާނު މުރާލިކަމާއިއެކު ކެންޕެއިންގައި ބައިވެރިވެވަޑައިގަންނަވާ ސަބަބުތަކެއް އެބަހުރި ކަމަށެވެ.

 ”ރައީސް އެންމެ އިސްކަމެއް ދެއްވާ އެއްކަމަކީ ރައްޔިތުންގެ ގާތަށް ވަޑައިގެން ރައްޔިތުންގެ ކަންބޮޑުވުން އަޑު އައްސަވާ ރައްޔިތުން ބޭނުންވާ ކަންކަން އޮޅުންފިލުއްވުން“ ސައްތާރު ވިދާޅުވިއެވެ.

ސައްތާރު އިތުރަށް ވިދާޅުވީ ލާމަރުކަޒީ ޤާނޫނުގައި ބުނާ ފަދަ ހަޤީގީ ލާމަރުކަޒީ ނިޒާމެއް ރައްޔިތުންނާ ހަމައަށް ފޯރުކޮށްދެވޭނީ ޕީއެންސީގެ ކެނޑިޑޭޓުން ހޮވައިގެން ކަމަށެވެ. އަދި މިހާރު ކުރެވެމުންދާ މަސައްކަތްތަކާއެކު ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިޚާބު ކާމިޔާބު ކުރާނީ ޕީއެންސީން ކަމުގެ ފުރިހަމަ ޔަގީންކަން އޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: