ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގޭންގް މާރާމާރީތަށް ކޮންޓްރޯލް ކުރެވުން، ހާސިލް ކުރެވުނު ބޮޑު ކާމިޔާބީއެއް!

ގޭންގު މާރާމާރީއެއްގެ ތެރެއިން: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ނިމިދިޔަ 2019 ވަނަ އަހަރު ރާއްޖޭގައި ކުއްކުރުން މަދުވެ އާންމު ރައްޔިތުންނަށް ބިރުވެރިކަމުން ހިން ދމެިލާނެ ވަގުތު ލިބިގެން ދިޔައެވެ.

ކުށުގެ ވެށީގައި އެންމެ ބޮޑު ކަމަކަމަށް މިއަހަރު ފާހަގަވެފައިވަނީ އެހެން އަހަރުތަކާއި ޚިލާފަ މިއަހަރު ގޭންގް މާރާމާރީތައް ހުއްޓިފައިވާ ކަމެވެ. ގޭންގް ތަކުގެ މެދުގައި ހިނގާ ހަމަނުޖެހުމާއި ދެބަސްވުންތަކުގައި އެތަށް ބައެއްގެ ފުރާނާ ގެއްލި އެތަށް ބަޔަކު ޖަލަށް ލީ މަންޒަރު 2018 ވަނަ އަހަރު ފެނިގެން ދިޔައެވެ. ނަމަވެސް މިއަހަރު ގޭންގްތަކުގެމެދުގައި ހިނގާ ހަމަނުޖެހުމާއި މާރާމާރީ ވަނީ ބޮޑުތަނުން މަދުވެފައެވެ.

އެގޮތުން މިދިޔަ އަހަރު ގްރޫޕް މާރާމާރީގެ 222 މައްސަލަ ވަނީ ހުށަހަޅައިފަ އެވެ. އަދި މިއަހަރުގެ ޑިސެންބަރު މަހާއި ހަމައަށް ގޭންގް މާރާމާރީގެ ގޮތުގައި ރެކޯޑްކޮށްފައިވަނީ 129 މައްސަލަ އެކެވެ. މިއީ މިުއަދުގެ ސަރުކާރަށް ހޯދިފައިވާ ކާމިޔާބީއެއްގެ ގޮތުގައި ރައީސް އިބްރާހިމް މުޙައްމަދު ސޯލިހު ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ގޭންގް މާރާމާރީތަކުގައި މިއަހަރު ތެރޭ އެއްވެސް ދިވެއްސަކު މަރާލާފައި ނުވާއިރު މިއީވެސް ހޯދުނު ބޮޑު ކުރިއެރުމެކެވެ. އެހެން ނަމަވެސް މަސައްކަތު މާހައުލުގައި ދިމާވި މައްސަލަތަކެއްގަިއ ހިނގި ހަމަނުޖެހުންތަކުގެ ތެރެއިން 2 ބިދޭސީއަކު މިއަހަރުތެރޭ މަރާލާފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ.

ޕޮލިސް ކޮމިޝަނަރު، މުހައްމަދު ހަމީދު ސަރުކާރަށް ހޯދުނު މި ކާމިޔާބީ ހާސިލްކުރެވިފައިވަނީ މަގުތައް އަމާންކުރުމުގައި، ކަންތައްތައް ތަރުތީބުކުރެވިގެން، ފުލުހުން ކުރަމުން އަންނަ މަސައްކަތްތަކުގެ ސަބަބުން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: