ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެ އިންތިހާބު އެކުގައި ބޭއްވުމަށް ނަގާ ވޯޓަކީ ގާނޫނުއަސާސީއަށް ގެންނަ ބަގާވާތެއް: ސޯލިހް

އެމްޑީޕީން ބޭއްވި ހަރުގެ ޖަލްސާގައި ރައީސް ސާލިޙް ވާހަކަފުޅު ދައްކަވަނީ: ފޮޓޯ އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާ އެކު ބޭއްވުމަށް ނިންމާފައިވާ ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓަކީ ގާނޫނުއަސާސީއަށް ގެންނަން އުޅޭ ބަގާވާތެއްގެ ގޮތުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސިފަކުރައްވައިފި އެވެ.

ރޭ އެމްޑީޕީން ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން ސޯލިހް ވަނީ މި ވޯޓާ މެދު ހުރި ކަންބޮޑުވުންތައް ހިއްސާކުރައްވާފަ އެވެ.

މިހާރު އޮތް 20 ވަނަ މަޖިލީހުގެ ދައުރު ކުރުކޮށް، ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ފެނޭތޯ ބެލުމަށް ބާއްވާ މި ވޯޓަކީ ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރުމެއް ނެތި، ”ސިއްރު ސިއްރުން“ ގާނޫނުއަސާސީއަށް ގެންނަން އުޅޭ ބަދަލެއް ކަމަށް ސޯލިހް ވިދާޅުވި އެވެ

. ”މިއީ ގާނޫނުއަސާސީއަށް ގެންނަ ބޮޑު ބަގާވާތެއްގެ ވާހަކަ. އެހެން ނޫން ނަމަ، މި އިންތިހާބުގެ ފަހަތުގައި ސިއްރުން މި ވޯޓާ ހިސާބަށް ގެންދާކަށް ނުޖެހޭނެ،“ ސޯލިހް ވިދާޅުވި އެވެ.

ސޯލިހް ވިދާޅުވި ގޮތުގައި ދެ އިންތިހާބު އެއް ތާރީހެއްގައި ބޭއްވުމަކީ ރައްޔިތުންގެ އަޑާއި ބާރުވެރިކަން ކަނޑުވާލައި، ގައުމު ހުދުމުހުތާރު ވެރިކަމަކާ ދިމާލަށް ގެންދިއުމަށް ކުރާ ކަމެކެވެ. ސަރުކާރުން ހަރަދު ކުޑަކުރުމުގެ ބަހަނާ ދެއްކި ނަމަވެސް، އިންތިހާބުތަކަށް ކުރާ ހަރަދަކީ ނިސްބަތުން ބޮޑު ހަރަދެއް ނޫން ކަމަށާއި، މީގެ ސަބަބުން މުޅި ނިޒާމަށް އަންނާނެ ލޮޅުންތަކަށް ވިސްނަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މީގެ އިތުރުން، ދެ އިންތިހާބު އެއްކޮށްލުމުން ވެރިކަމުގެ ނުފޫޒާއި ބާރު ބޭނުންކޮށްގެން މުޅި މަޖިލިސް ސަރުކާރުން ކޮންޓްރޯލް ކުރުމުގެ ފުރުސަތު ބޮޑުވާނެ ކަމަށް ސޯލިހް ފާހަގަކުރެއްވި އެވެ.

 ”ވެރިކަމުގެ ބާރާއި ފައިސާ އާއި ވަޒީފާއާ އެކީގައި ނުކުމެވަޑައިގެން އެއްކޮށް މި އިންތިހާބު ބާއްވާފިއްޔާ، ވެރިކަމުގައި ހުންނަ މީހަކު މުޅި މަޖިލިސް އެކީގައި ނަންގަވާނެ،“ ސޯލިހް ވިދާޅުވި އެވެ.

މިކަމުގެ ނަތީޖާއަކީ ސަރުކާރު ޖަވާބުދާރީކުރުވުމަށް އޮތް ފުރުސަތު މުޅިން ގެއްލިގެން ދިއުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ސޯލިހް ވަނީ މި ވޯޓުގައި ރައްޔިތުން ބޮޑުތަނުން ”ނޫނެކޭ“ ބުނަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ. އަދި މިހާތަނަށް މި ގާނޫނުއަސާސީގެ ދަށުން ބޭއްވި އެއްވެސް އިންތިހާބެއްގައި އެއްވެސް ވެރިއަކު ދެވަނަ ދައުރަކަށް އިންތިހާބުވެފައި ނުވާކަން ފާހަގަކުރައްވައި، ނިޒާމަށް ގެންނަ މިފަދަ ބަދަލުތަކުގެ ނުރައްކާތެރިކަމާ މެދު އިންޒާރު ދެއްވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: