ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރޯދަ މަހުގެ ފުރަތަމަ ހަފްތާގައި 107 އެކްސިޑެންޓް ރިޕޯޓުކޮށްފައިވޭ!

Image: MPS
ޝެއާރކޮށްލާ ކަހަލަދޯ؟

މިދިޔަ އަހަރާއި އަޅާބަލާއިރު މި އަހަރު ރޯދަ މަހުގެ ފުރަތަމަ ހަފްތާގައި  މާލެ ސަރަހައްދުގައި އެކްސިޑެންޓްތަކުގެ އަދަދު އިތުރު ވެފައިވާކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ފުލުހުން އާންމު ކުރި މައުލޫމާތުތަކުގައި ވާގޮތުން އެންމެ ގިނަ  އެކްސިޑެންޓް ހިނގާފައިވަނީ މަޖީދީ މަގާއި ސިނަމާލެ ބްރިޖާއި ހައިވޭގަ އެވެ.

މި އަހަރު ރޯދަ މަހުގެ ފުރަތަމަ ހަފްތާގައި ހިނގާފައިވާ އެކްސިޑެންޓްތަކަކީ:

  • މަޖީދީ މަގު – 19 އެކްސިޑެންޓް
  • ސިނަމާލެ ބްރިޖާއި ހައިވޭ – 19 އެކްސިޑެންޓް
  • ހުޅުމާލެ ފޭސް 1- 17 އެކްސިޑެންޓް
  • ހުޅުމާލެ ފޭސް 2 – 16 އެކްސިޑެންޓް
  • އެހެން ސަރަހައްދުތައް – 16 އެކްސި
  • ބޮޑުތަކުރުފާނުމަގު – 8 އެކްސިޑެންޓް
  • ބޮޑުތަކުރުފާނު މަގު ލޯކަލް މާރުކެޓް ސަރަހައްދު – 3 އެކްސިޑެންޓް

މިދިޔަ ފެބުރުއަރީ މަހުގައި ޖުމްލަ 250 ޓްރެފިކް އެކްސިޑެންޓު ވަނީ ފުލުހުންނަށް ރިޕޯޓްކޮށްފައިވެއެވެ.

އަމިއްލަ ސަލާމަތާއި އެހެންމީހުންގެ ސަލާމަތަށް ބަލައިގެން ދުށްވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: