ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްމާރު ފައުންޑޭޝަނުން ދަތި ޙާލުގައި އުޅޭ ފަރާތްތަކަށް އެހީތެރިކަމެއް!

ޝެއާރކޮށްލާ ކަހަލަދޯ؟

އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަތިވެރި މަޤްޞަދުގައި އުފައްދާފައިވާ ޢައްމާރު ފައުންޑޭޝަނުން، މިއަހަރުގެ ބަރަކާތްތެރި ރަމަޟާން މަހާ ދިމާކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދަތިހާލުގައި އުޅޭ އާއިލާތަކަށް ކާބޯތަކެތީގެ އެހީ ފޯރުކޮށްދޭން ފަށައިފިއެވެ.

މި އެހީ ފޯރުކޮށްދެނީ އެ ފައުންޑޭޝަނުން ކުރިއަށްގެންދާ ”އިޙްލާޞްތެރިކަމާއެކު“ ޕްރޮޖެކްޓްގެ ދަށުންނެވެ.

މި ޕްރޮޖެކްޓާ ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން ފައުންޑޭޝަންގެ ފައުންޑަރ ހުސެން ހަލީމް ވިދާޅުވީ، އާންމުންގެ ދީލަތި އެހީތެރިކަމާއެކު ކުރިއަށްދާ މި މަސައްކަތް، މިދިޔަ އަހަރަށްވުރެ ފުޅާދާއިރާއެއްގައި މިއަހަރު ކުރިއަށް ގެންދެވޭތީ އެކަމާ ނުހަނު އުފާކުރައްވާ ކަމަށެވެ. އަދި މި މަސައްކަތުގައި އެކި ގޮތްގޮތުން އެހީތެރިވެދެއްވި އެންމެހައި ފަރާތްތަކަށް އޭނާ ވަނީ އިޙްލާޞްތެރިކަމާއެކު ޝުކުރު ދަންނަވާފައެވެ.

ހުސެން ހަލީމް އިތުރަށް ވިދާޅުވީ މި މަތިވެރި މަސައްކަތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް މިހާރު އެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ. އެގޮތުން އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކުން ޢައްމާރު ފައުންޑޭޝަންގެ ބޭންކް އެކައުންޓް މެދުވެރިކޮށް މާލީ އެހީތެރިކަން ފޯރުކޮށްދެވޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ.

މި ޕްރޮޖެކްޓަށް އެހީތެރިވާން ބޭނުންވާ ފަރާތްތަކުން ބޭންކް އޮފް މޯލްޑިވްސްގެ އެކައުންޓް ނަމްބަރު 7770000179750 އަށް ފައިސާ ފޮނުވޭނެ ކަމަށް އެ ފައުންޑޭޝަނުން މަޢުލޫމާތުދެއެވެ. އަދި ފައިސާ ފޮނުވާއިރު ރިފެރަންސްގައި ”އިޙްލާޞްތެރިކަމާއެކު“ މިހެން ޖެއްސެވުމަށް ފައުންޑޭޝަނުން އެދެއެވެ.

13 ޑިސެމްބަރު 2024 ގައި އުފެދުނު އައްމާރު ފައުންޑޭޝަންގެ މައިގަނޑު އަމާޒަކީ ދަތި ހާލުގައި އުޅޭ ފަރާތްތަކަށް އުއްމީދާއި ތަސައްލީއެއް ހޯދައިދީ، މުޖުތަމައަށް ދެމެހެއްޓެނިވި ހެޔޮ ބަދަލެއް ގެނައުމެވެ. މި ފައުންޑޭޝަނުން އަންނަނީ އިޖުތިމާއީ ގޮތުންނާއި އިންސާނީ އެހީތެރިކަމުގެ އެކި ހަރަކާތްތައް ހިންގަމުންނެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: