ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިރާގު ގޭމާސް ގިލްޑްގެ ”ރޯދަ ކުއެސްޓް“ މިރޭ ފަށަނީ!

ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ އެންމެ ބޮޑު ގޭމިންގ ޕްލެޓްފޯމް، ދިރާގު ގޭމާސް ގިލްޑް (ޑީ.ޖީ.ޖީ) އިން ކުރިއަށްގެންދާ ”ރޯދަ ކުއެސްޓް“ މިރޭ ދިރާގު ހެޑް އޮފީހުގައި ފެށުމަށް ވަނީ ތައްޔާރުވެފައި ކަމަށް އެކުންފުނިން ބުނެފިއެވެ.

މިރެއިން ފެށިގެން 8 މާރިޗުގެ ނިޔަލަށް، ފަސް ދުވަހުގެ މުއްދަތައް މި ހަރަކާތް ކުރިއަށްގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.

ދިވެހިރާއްޖޭގެ ގޭމިންގ ކޮމިއުނިޓީއަށް ހާއްސަކޮށްގެން ބާއްވާ މި ފޯރިގަދަ ހަރަކާތުގައި މަގުބޫލު އެކި ގޭމުތައް ވަނީ ހިމަނައިފައެވެ.

މިއީ ހުރިހާ ފެންވަރެއްގެ ގޭމް ކުޅޭ ފަރާތްތަކަށް ވެސް ބައިވެރިވެވޭ ގޮތަށް ފަރުމާކޮށްފައިވާ ހަރަކާތެކެވެ. ”ރޯދަ ކުއެސްޓް“ ކޮންމެ ރެއަކުވެސް ރޭގަނޑު 9:00 އިން ދަންވަރު 1:00 އަށް ކުރިއަށްދާނެއެވެ.

”ރޯދަ ކުއެސްޓް“ ގައި ބައިވެރިވުމަށް އެއްވެސް ފީއެއް ދައްކާކަށް ނުޖެހެއެވެ. އެމްއެލްބީބީ، ޕަބްޖީ މޮބައިލް، އެފްސީ 26 އަދި ޓެކެން 8 ގެ ރަޖިސްޓްރޭޝަން މިހާރު ނިމިފައި ވީނަމަވެސް، 6 މާރިޗުން ފެށިގެން ކުރިއަށްދާނެ ޖީޓީ 7 ރޭސިންގް ސިމިއުލޭޓަރ އަދި ބީޓް ސޭބަރ ސެޝަންތަކުގައި ކުރިން ރަޖިސްޓްރީވުމަކާ ނުލައި، ޒިޔާރަތްކުރާ ހުރިހާ ފަރާތްތަކަށް ވެސް ބައިވެރިވެވޭނެއެވެ. އަދި، ގޭމިންގްއަށް ޝައުގުވެރިވާ ހުރިހާ ފަރާތްތަކުން ވެސް މި ހަރަކާތްތަކުގައި ބައިވެރިވެ، ކޮންމެ ރެއަކުވެސް ތަފާތު ތަޖުރިބާއެއް ކޮށްލުމަށް ދިރާގުން ދައުވަތު އަރުވައެވެ.

ރާއްޖޭގެ އެންމެ ބޮޑު ގޭމިން ޕްލެޓްފޯމް ކަމުގައިވާ ޑީޖީޖީ އިން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އީ- ސްޕޯޓްސް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއްކޮށް، އަންނަން އޮތް ޖީލުތަކުގެ ގޭމިންގ ހުނަރުތައް އިތުރުކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރަމުންކަމަށް އެ ކުންފުނިން ވަނީ ފާހަގަކޮށްފައެވެ.

ޑީ.ޖީ.ޖީ އިން ކުރިއަށް ގެންދާ ހަރަކާތްތަކުގެ އެންމެ ފަހުގެ މައުލޫމާތުތައް dgg.mv މެދުވެރިކޮށް ލިބިގެންދާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: